އެޗްއާރުސީއެމްގެ މެންބަރުން --
ހަބަރު
24 Apr 2025 | 16:01
އެންމެ ފަހުން އެޗްއާރްސީއެމް ހޭލައިފި، ޒިންމާއިން ރެކި ކުށްވެރިކުރީ އެހެން އިދާރާތައް

މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނެއް ވެއްޓިފައިއޮއްވާ ފެނިފައިވާ ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަނުކޮށް އެތައް ދުވަހެއް ހޭދަކުުރުމަށް ފަހު އެޗްއާރުސީއެމުން ބަޔާނެއް ނެރެ އެ ކޮމިޝަންގެ ޒިންމާ އިން ރެކި އެހެން އިދާރާތައް ކުށްވެރި ކޮށްފި އެވެ.

އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާ އެޗްއާރުސީއެމުން ބަޔާނެއް ނެރެ ބުނީ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި ބުނީ މި ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ މީހުންނަކީ ދައުލަތުގެ އިސް ބޭފުޅުންނާއި ގުޅުންހުރި ބައެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަމުން ދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާތީ އެކަމަށް ބަލާނެ ކަމަށެވެ.

މި މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައި ހިސާބުން އަނިޔާވި މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރިމަމަށާ އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދު ވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

މުޅި ބަޔާނުގައި އެ ކޮމިޝަނުން މަސައްކަތް ކުރީ ކޮމިޝަންގެ ޒިންމާ އަދާކުރާކަން ދެއްކުމާއި ފުލުހުންގެ މުއައްސަސާ އިން ހަދާފައިވާ ގޯސްތައް ހާމަކުރުމަށެވެ.

ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމު ކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށާ އެގޮތުން ދިވެހި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އަދި ކުރީރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހާދިސާގައި އަނިޔާވި މީހާ ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން މީހެއްގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި މި ހާދިސާގައި އަނިޔާވި މީހާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި މީހާއި ހާދިސާގައި ހިމެނޭ އެހެން މީހުން ތަފާތުކުރުން ކަމުގައި ބެލެވޭތީ މިއީ ވެސް ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. 

މި ހާދިސާގައި އަނިޔާވި މީހާއާ ފޮޓޯއާ ވީޑިއޯތައް އާންމުކުރާތާ އެތައް ދުވަހެއް ވީފަހުން ކޮމިޝަނުން ވަނީއެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް ބަޔަކު އާންމު ނުކުރުމަށް ވެސް އެދިފަ އެވެ.

ކޮމެންޓް
އިއްބެ
ތި އެޗް އާރު ސީ އެމް އުވާލީމަ ގައިމުން ދައުލަތުން ހަރަދު ކުޑަ ކުރެވޭނެ. ބޭކާރު ނާގާބިލް މީހުން އެންމެ ގިނަ ލާރި ހަރަދުވާ ތަން ތީ.
25 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.