ނަބަވީގެ ޝެއިޚްގެ ދަރުސްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
25 Apr 2025 | 11:44
ނަބަވީގެ އިމާމު ދިވެހިންނަށް ކުރެއްވި 12 ވަޞިއްޔަތެއް

މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު އިސްލާމީ މަރުކަޒުގައި ރޭ ދެއްވި ދަރުހުގައި، ކޮންމެ މުސްލިމަކުވެސް އިސްކަންދެއްވަންވީ 12 ކަމެއްގެ މައްޗަށް އަލިއަޅުވާލައްވައި، އެކަންކަމަށް ވަނީ ވަސިއްޔަތް ކުރައްވައިފައެވެ.

އެގޮތުން ކުރެއްވި ބައެއް ވަޞިއްޔަތް ތަކަކީ؛

1) އިސްލާމީ ޝަރީއަތުގެ އަސާސްތަކާއި އިސްލާމީ އަގީދާ އާއި ޝަރީއަތާއި އަޚުލާގާއި އަދަބާއި ސުލޫކުގައި ހިފެހެއްޓުން

އިމާމު ވިދާޅުވި ގޮތުގައި، މުސްލިމް އަޅާގެ ހުރިހައި ވެސް ކަންބޮޑުވުމެއް ގުޅިފައި އޮންނަންވާނީ، الله ތައާލާ އަށް ކުއްތަންވުމާއި، އެކަލާނގެ ރުއްސެވުން ލިބިގަތުމާއި، އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމުގެ މައްޗަށެވެ. އޭނާ ކަންބޮޑުވާން ވާނީ މިމާއްދި ދުނިޔެއާ މެދުގައެއް ނޫނެވެ.

އަދި މީހެއްގެ ހުރިހާ ވެސް ކަންބޮޑުވުމަ، މި ފަނާވަނިވި ދުނިޔެ ކަމުގައި ހަދައިފި ނަމަ، މާތް الله އޭނާގެ ނަފްސުގެ ފުދުންތެރިކަމާއި، މުއްސަނދިކަން ނެތިކުރައްވާނެ ކަމަށާ، އެމީހަކު އަބަދުވެސް އުޅޭނީ ނުފުދިގެން ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އެފަދަ މީހަކަށް ފެންނާނީ އޭނާގެ ފަގީރުކަން. އަބަދުވެސް އޭނާ ދުވާނޫ ދުނިޔެ ފަހަތުންން

އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު 

ނަބަވީގެ ޝެއިޚްގެ ދަރުސްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެހެން ނަމަވެސް އެ މީހެއްގެ ހުރިހައި ވެސް އެދުމަކި، އަދި ކަންބޮޑުވުމަކީ އާޚިރަތް ކަމުގައި ހދައިފިނަމަ، މާތް الله އޭނާއަށަ ފުދުންތެރި ޝުކުރުވެރިވާ ހިތެއް ދެއްވާނެ ކަމަށާ އޭނާގެ ފަހަތުން ދުނިމޭގެ ތަނަވަސްކަން އަންނާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

"ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލި. އެކަމަށް އޮތް ފަރުވާއަކީ އެދުންތަކަށް ދެކޮޅު ހެދުން. ހިތްތަކަށް ހަމެޖުހުމާއި އާރޯކަން ލިބޭނީ މާތް اللهއަށް ތަޤުވާވެރިވެ، ކިޔަމަންތެރިވެގެން. ރިވެތި އަޚުލާޤާއި ސުލޫކު ހިފަހައްޓައި، މީހުންނަށް ހެޔޮކޮށް ހިތައިގެން." ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިއެވެ.

2) ޤަޟާޤަދަރަށް އީމާންވުން

މާތް الله ގެ އަމުރުފުޅުތަށް ތަބާވެ، ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވެ ހަގީގީ މާނާގައި ޤަޟާ ޤަދަރަށް އީމާންވާ މުއުމިނަކު ދުނިޔާގެ މުސީބާތްތަކަކީ ބޮޑުކަމަކަށް ނުހަދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ހަމައެހެންމެ ޤަޟާޤަދަރަށް އީމާންވުމުން މުސީބާތްތައް ލުއިވާނެކަމަށް އިމާމް ވިދާޅުވިއެވެ. އަދި އެހެން މީހުން އިޙްސާސްކުރާ ތުރާތައް ޤަޟާޤަދަރަށް އިމާންވާނަމަ، ލުއިވާނެކަމަށްވެސް އިމާމް ވިދާޅުވިއެވެ.

ނަބަވީގެ ޝެއިޚްގެ ދަރުސްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

3) ނަމާދަށް ރައްކާތެރިވުން

ތިންވަނަ އަށް ޑރ. ޞަލާޙުލްބުދައިރު ކުރެއްވި ވަޞިއްޔަތަކީ ނަމާދަށް ރައްކާތެރިވުމެވެ. މިކަމާ ގުޅޭގޮތުން ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ ނަމާދަކީ އިންސާނާއަކީ މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން އަންގައިދޭ އަލާމާތެއް ކަމަށެވެ. އަދި ނަމާދަށް ރައްކާތެރިވުމަކީ އެންމެ މުހިންމު ވާޖިބުކަމަށާއި ފަރުޟު 5 ނަމާދު ވަގުތުގައި ކަންނެތްކަމެއް ނެތި، އިޚުލާސްތެރިކަމާއެކު އަދާކުރުން ވަރަށް މުހިންމުކަމަށް އިމާމް ވިދާޅުވިއެވެ.

"ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހަލާކު ހުރިކަން ބަޔާންކޮށް މާތްالله ވަހީކުރައްވާފައިވޭ. ހަނދާންނެތިގެން ނަމާދު ދޫކޮށްލެވިއްޖެނަމަ ހަމައެކަނި އޭގެ ކައްފާރައަކީ ހަނދާން ވުމުން ނަމާދުކުރުން." އިމާމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މުހިންމު ވަޞިއްޔަތްތަކެއް ޑރ. ޞަލާޙުލްބުދައިރު ކުރެއްވިއެވެ. އޭގެތެރޭގައި ދޭދޭ ފަރުދުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުމާއި ޢިލްމު ފެތުރުމާއި މާތްاللهގެ މަނތިން ހަނދުމަކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވުމަށް އިމާމް އިލްތިމާސްކުރެއްވިއެވެ. އަދި ރިވެތި އަޚުލާޤު ޚިޔާރުކުރުމާއި ހަސަދަވެރިކަމާ ދުރުވުމުގެ އިތުރުން ދޫ ރައްކާތެރިކުރުމާއެކު ރިވެތި ބަހުން މުޚާތަބުކޮށް، ކުށްތައް ވަންހަނާ ކުރުމަށްވެސް މަސްޖިދުލް ނަބަވީގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ވަޞިއްޔަތްކުރެއްވިއެވެ.

ނަބަވީގެ ޝެއިޚްގެ ދަރުސްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހަމައެއާއެކު މީހުންނަށް ހުތުރު އެއްޗެހި ގޮވުމުން ދުރުހެލިވުމަށާއި އޯގާވެރިކަމަށް ހިތްވަރުދިނުމާއެކު ބާރު އެޅުމުގެ އިތުރުން އުރެދުމުގެ އަހުލުވެރީންނާ ދުރުވުމަށްވެސް އިމާމް ވަޞިއްޔަތްކުރެއްވިއެވެ. އެންމެ ފަހު ވަޞިއްޔަތެއްގެ ގޮތުގައި ކުރެއްވީ ހެޔޮލަފާ މީހުންނާ އެކު އުޅުމެވެ. ހެޔޮލަފާ މީހުންނާ އެކު އުޅުމަކީ ހެޔޮލަފާކަން ދަސްވެ، ރަނގަޅު އާދަތައް ދަސްވާ ކަމެއްކަމަށް ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިއެވެ.

މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރުގެ ދެއްވި ޚާއްޞަ ދަރުހުގެ ދިވެހި ތަރުޖަމާ އިއްވަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.