ޓީއެމްއޭގެ ސީޕްލޭންއެއް.. ފޮޓޯ: ޓީއެމްއޭ
ހަބަރު
26 Apr 2025 | 18:12
ޓީއެމްއޭގެ މުސާރަ، ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަނީ!

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ދިވެހި ފައިސާއިން ދޭގޮތަށް ބަދަލުކުރަން އުޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އެވިއޭޓާ މޯލްޑިވްސްއިން ބުނެފައިވަނީ، ޓީއެމްއޭގެ މުއައްޒަފުންގެ މުސާރަ ޑޮލަރުން ދޭގޮތަށް ބަދަލު ގެނައުމުގެ ވާހަކަތައް ކުންފުނީގެ މުއައްޒަފުންގެ ފަރާތުން އަޑުއިވިފައިވާކަމަށެވެ. ނަމަވެސް މުސާރަ ދޭނޭ އުސޫލެއް އަދި ސާފުނުވާކަމަށްވެސް އެވިއޭޓާއިން ބުންޏެވެ. މިކަމުގައި ޓީއެމްއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. 

ޓީއެމްއޭއިން ޑޮލަރުން މުސާރަދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އަމިއްލަ އެއާލައިނެއްކަމަށްވާ މަންޓާއިންވެސް ވަނީ މުއައްޒަފުންނަށް މުސާރައިގެ އެއްބައި ދިވެހި ފައިސާއިން ދިނުމަަށް ނިންމާފައެވެ. މިފަދަ ބަދަލު ތަކަކީ ޑޮލަރު ލިބުމަށް ދަތިވުމުގެ އިތުރުން، ބޭރު މާކެޓުުގައި ދިވެހި ރުފިޔާ ނުވަތަ ޑޮލަރުގެ އަގަށް އަންނަ ބަދަލު ތަކުގެ ސަބަބުން ބައެއް ފަހަރަށް އެއާލައިންތަކުން ގެންނަ ބަދަލެއްކަން ފާހަގަކޮށްލެވެއެވެ.

ޓީއެމްއޭއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް މޫދައްޖައްސާ އެންމެބޮޑު ފްލީޓް އޮންނަ ކުންފުންޏެވެ. އެކުންފުނީގެ ފްލީޓްގައި މޫދަށްޖައްސާ 60 ހަށްވުރެ ގިނަ ބޯޓު ހިމެނެއެވެ.

މި ދަނޑިވަޅަކީ، ޑޮލަރުގެ އާމްދަނީން ބައެއް ސަރުކާރުގެ ބޭންކަށް މާރުކުރަން ލާޒިމުކޮށްފައިވާ ދަނޑިވަޅެކެވެ. އެކަމަށް ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން ވަނީ ދެކޮޅު ހެދިނަމަވެސް އެފަރާތްތަކުންވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.