ހުޅުމާލޭގެ މަގެއްްް... ފޮޓޯ: ވޮއިސް
ހަބަރު
26 Apr 2025 | 19:21
ޓްރާންސްޕޯޓު މިނިސްޓްރީއަށް 17 އުޅަނދެއްގެ ވެރިން ހާޒިރުވުމަށް އަންގައިފި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބަލަމުންދާ މައްސަލަތަކާ ގުޅުންހުރި 17 އެއްގަމު އުޅަނދެއްގެ ވެރިފަރާތް އެވުޒާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

އެވުޒާރާއިން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިއުލާނުގައި ބަޔާންކޮށްފައިވާ 17 އުޅަނދުގެ ވެރިފަރާތުން ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވާން ޖެހޭނެކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ މި މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވާން އުޒުރުވެރިވާ ފަރާތްތަކުން [email protected] ، އަށް އެފަރާތެއްގެ ފޯނު ނަމްބަރު، އީމެއިލް އެޑްރެސް އަދި މިހާރު ދިރިއުޅޭ އެޑްރެސް އީމެއިލް ކުރުމަށްވެސް ވަނީ އަންގާފައިވެއެވެ.

ބަލަމުންދާ މައްސަލަތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، ވެރިފަރާތްތަކުން އެވުޒާރާއަށް، ހާޒިރު ނުވެއްޖެނަމަ ނުވަތަ ހާޒިރު ނުވެވޭނެކަން ކަނޑައެޅިފައިވާ ގޮތަށް އަންގާފައިނުވާނަމަ، އުސޫލުތަކާއި އެއްގޮތްވާ ގޮތުތެމަތިން ފިޔަވަޅު އަޅާނެކަމަށްވެސް އެ ވުޒާރާއިން އެ އިއުލާނުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތަކުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިއެވެ. ވަކިން ހާއްސަކޮށް ހަތަރު ފުރަޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި އެއްވެސް ކަހަލަ އުސޫލެއްނެތި އެއްގަރާޖަކަށް އެތަކެއް އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ މައްސަލަތަކާއި "ވަގު" ޑޮމައިންތަކުގެ މައްސަލަތައް ފާހަގަކުރެވެއެވެ. މިނިސްޓްރީން މިހާރު ގެންދަނީ އެ މައްސަލަތައް ބަލަމުންނެވެވ

އޮޑިޓަރ ޖެނެރަލް އެންމެފަހުން ނެރުއްވި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވެސް ވަނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގެންގުޅެމުން އަންނަ އުސޫލުތައް ދޯހަޅިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެއްގަމާއި ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ސިސްޓަމްގެ ކޮންޓްރޯލްގައި މައްސަލަތައް ހުރުމުން، ސިސްޓަމްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަރަށްބޮޑަށް އޮތްކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.