ދާހިލީ ވަޒީރު އަދި ޑީސީޕީ ފިކްރީ... ފޮޓޯ: ޕޮލިސް
ހަބަރު
26 Apr 2025 | 19:54
ޕޮލިސް ކޮމިޝަނަރުކަން ވަގުތީގޮތުން ޑީސީޕީ ފިކުރީއަށް!

ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު މަޤާމުން އިސްތިއުފާދެއްވުމުން އެމަޤާމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ ހަމަޖައްސަވައިފިއެވެ.

ސީޕީކަމުގެ މަޤާމަށް ވަގުތީގޮތުން ފަރުހާދު އައްޔަނުކުރެއްވިކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔަޤީންކޮށްދެއްވާފައެވެ. ފަރުހާދު އެމަޤާމަށް އައްޔަނުކޮށްފައިމިވަނީ ވަގުތީ ގޮތުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޤާނޫނުގައިވާ ގޮތުގެ މަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅަޅުއްވާފައިވާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މީގެ ކުރިން ފަރުހާދު އައްޔަނުކުރެއްވީ، 2024 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1991 ވަނަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުއެވެ. ފަރުހާދު ވަނީ މީގެ ކުރިން ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަޤާމު ފުރުއްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން މިއަދު ޝުޖާއު އިސްތިއުފާ ދެއްވާފައިވަނީ، ހައްވާ ޔުމްނު ރަޝީދު (ޔުމްނު) ވެއްޓުނު މައްސަލާގައި ފުލުހުން ކުރަމުންްގެންދާ ތަހްޤީޤަށް އާއްމުންގެ ގިނަ ބައެއްގެ ފަރާތުން ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޖާޢުގެ އިސްތިއުފާ ޤަބޫލުފުޅު ކުރައްވާފައެވެ. 

އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނުކަމަށް މައުލޫމާތު ލިބިފައިވަނީ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށެވެ. ޔުމްނުގެ ހާދިސާ ތަހްޤީޤް ކުރުމަށް ފުލުހުން އިހުމާލުވަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުގެ ފާޑިއުންތައް ފުލުހުންނަށް އަމާޒުވެފައިވާއިރު، އެކަމާ ގުޅިގެން މުޒާހަރާތަކެއްވެސް ވަނީ ފަށާފައެވެ. މި މުޒާހަރާގެ ތެރޭގައި ސީޕީ އިސްތިއުފާ ދިނުމަށް ގޮވާލާފައިވާއިރު، ޔުމްނުގެ ތަހްޤީޤުގައި ފުލުހުން ބައެއް ކަންކަން ސިއްރުކުރަމުންދާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.