ނަވީން (ކ) ފިކުރު (ވ)
ހަބަރު
26 Apr 2025 | 21:14
އެއްގަޑިއިރުތެރޭ އަނެއް ބަދަލު: ފުލުސް ހިންގުން ފިކުރީގެ ބަދަލުގައި ނަވީނަށް

ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު މަގާމުން އިސްތިއުފާދެއްވުމުން އެމަގާމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ ހަމަޖެއްސުމަށް ފަހު އެ ނިންމުން ބަދަލުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެމަގާމުން މިރޭ ވަނީ އިސްތިއުފާއަށް ދެއްވާފަ އެވެ. ޝުޖާއުގެ އިސްތިއުފާ ރައީސް ވަނީ ގަބޫލު ކުރައްވާފަ އެވެ. އެކަން ރައީސް އޮފީހުގެ ތަރުޖަމާން ހިނާ ވަލީދު އާންމު ކުރެއްވުމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ވިދާޅުވީ ޝުޖާއު މަގާމުން އިސްތިއުފާދެއްވުމުން އެމަގާމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ ހަމަޖައްސާފައިވާ ކަމަށެވެ. އެ ޕޯސްޓް ކުރެއްވީ މިރޭ 7:46 ގަ އެވެ. ނަމަވެސް އޭގެ ފަހުން އިތުރު ޕޯސްޓެއް ކުރެއްވި އެވެ.

އޭގެ އެއްގަޑިއިރު ފަހުން 8:46 ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށެވެ. އެއީ ގެއެއްގެ ނުވަވަނަ ބުރީން އަންހެނަކު ވެއްޓުނު ހާދިސާ އެވެ.

މި ތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން ކަމަށް ވާތީ ކަމިޝަނަރު އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަން ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން ކަނޑައަޅާފައިވާ ކަމަށެވެ.

ޝުޖާއުގެ އިސްތިއުފާއާއެކު ފުލުސް ހިންގުން ފިކުރީއާ ހަވާލުކުރުމަށް ފަހު އޭގެ އެއް ގަޑިއިރު ފަހުން އެ ނިންމުން ބަދަލު ކުރަން ޖެހުނު ސަބަބެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެފަދަ ނިންމުމެއް ނިންމަން ޖެހުނީ ބަލަންވާވަރަށް ނުބަލާ އެކަން އިއުލާނު ކުރުމުންނެވެ.

އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާނެކަން އެނގިވަޑައިގަންނަވާތީ މިނިސްޓަރު އިހްސާން ޕޯސްޓް ކުރެއްވީވެސް އެ ޕޯސްޓަށް ކޮމެންޓް ނުުކުރެވޭ ގޮތް ހެދުމަށް ފަހު އެވެ. މިހާރު ވެސް އާންމުންގެ އެންމެ ފާޑުކިޔުން ބޮޑު މިނިސްޓަރު އިހްސާންގެ އެ ޕޯސްޓް ރި-ޕޯސްޓްކޮށް ވަރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ކޮމެންޓް
އައިސަން
އެއްކައެ ޔޫޓާރން ސަރުކާރު
26 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.