ނެލިވަރު ފިނޮޅު ފަޅުތެރެ... ފޮޓޯ: މޯލްޑިވްސް އިސްލޭ
ހަބަރު
27 Apr 2025 | 14:14
ޤަވާއިދާ ހިލާފަށް ނެލިވަރު ފިނޮޅަށް ވަނުމުން ސޮނޭވާފުށި ޖޫރިމަނާކޮށްފި

ބ.އަތޮޅު ސޮނޭވާފުށީގެ މުއައްޒަފުންތަކެއް، ނެލިވަރު ފިނޮޅަށް ޤަވާއިދާ ހިލާފަށްވަދެ އެ ސަރަހައްދުގައި އުސޫލްތަކާ ހިލާފަށް އަމަލުތައް ބެހެއްޓުމުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން، ސޮނެވާފުށި ރިސޯޓް 448,375 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ސޮނޭވާފުށީގެ މުއައްޒަފުންތަކެއް ފަތުރުވެރިންނާއެކު ބ.ނެލިވަރު ސަރަހައްދަށް ޤަވާއިދާ ހިލާފަށް ވަދެފައިވާކަމަށެވެ. ސޮނޭވާފުށީގެ މުއައްޒަފުން ނެލިވަރު ފަޅުތެރެއަށް ވަނުމަށްފަހު ޤަވާއިދާ ހިލާފް އަމަލުތަކެއް ކުރިއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިގެން އީޕީއޭއިން ވަނީ އެ މައްސަލަ ބަލާފައެވެ. އީޕީއޭއިން ބުނީ މައްސަލަ ބެލުމުން ސޮނޭވާފުށީގެ މުއައްޒަފުން ފަތުރުވެރިން ގޮވައިގެން އެތަނަށް ވަދެފައިވަނީ، ބަޔޯސްފިއާ ރިޒާވް އޮފީހުގެ ފަރާތުން ހުއްދަ ނުހޯދާކަން އެނގޭކަމަށެވެ.  ސޮނޭވާފުށީ މުއައްޒަފުންނާއި ފަތުރުވެރިން ހިމެނޭހެން ޖުމްލަ 10 މީހަކު ވަނީ އެ ސަރަހައްދަށް އުސޫލާ ހިލާފަށް ވަދެފައެވެ. އެމީހުން އެ ސަރަހައްދަށް ވަދެފައިވަނީ އިރުއޮއްސި 6 ޖެހިފަހުންކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ސޮނޭވާފުށީގެ މުއައްޒަފުން އެ ސަރަހައްދަށްގޮސް އެތަނުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ހިމެނޭ، ރޭގަނޑު އަލިވާގޮތަށް އެ ސަރަހައްދު ދިއްލުމާއި، އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން އަމަލުކުރުމާއި އަދި އަލިފާން ރޯކުރުމާއި އަލިފާން ގެންގުޅެފއިވާކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. ސޮނޭވާގެ މުއައްޒަފުން އެ ސަރަހައްދަށް ދިއުމުން ބަޔޯސްފިއާގެ މުއައްޒަފުން ވަނީ އެ ސަރަހައްދު ދޫކޮށްދިއުމަށް އެމީހުންގެ ކިބައިން އެދިފައެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއޭއިން ބުނީ ސޮނޭވާފުށި ރިސޯޓް 448,375 ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުންކަމަށެވެ. އެ އިދާރާއިން ވަނީ، މިހިނގާ އޭޕްރިލްމަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފީ ދައްކައި ނިންމުމަށް ސޮނޭވާފުށި ރިސޯޓަށް އަންގާފައެވެ. 

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަދެގެން މީގެ ކުރިންވެސް އީޕީއޭއިން ބައެއް ފަރާތްތައް އެކި އަދަދުތަކުން ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.