39 އަހަރުގެ ދެބޯރާ ރޮޑްރިގުއެޒް: ފޮަޓޯ/ ބީބީސީ
ދުނިޔެ
27 Apr 2025 | 14:48
ބްރެޒިލްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި އަންހެނަކަށް 14 އަހަރުގެ ޖަލު ޙުކުމެއް

ބްރެޒިލްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި މީހުންގެ ތެރެއިން އަންހެނަކަށް 14 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

މި އަންހެން މީހާއަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ބްރެޒިލްގެ ވެރިރަށް ބްރަސީލިއާގައި ހިނގި ބޮޑު ހަމަނުޖެހުމުގައި ބައިވެރިވި މީހެކެވެ.

39 އަހަރުގެ ދެބޯރާ ރޮޑްރިގުއެޒް އަށް މި ޙުކުމް އިއްވާފައިވަނީ ގިނަ ކުށްތަކެއް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ މުދަލަށް ގެއްލުން ދިނުމާއި، ކުށްވެރި ޖަމާޢަތެއްގެ މެންބަރަކަށްވުމާއި، އަދި ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރުން ހިމެނެއެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ރޮޑްރިގުއެޒް ވަނީ ބްރެޒިލްގެ ސުޕްރީމް ފެޑެރަލް ކޯޓު ކުރިމަތީގައި ހުރި އިންސާފުގެ ބުދުގައި "ކަލޭ ބަލިވެއްޖެ، ތިއީ މޮޔައެއް" މިހެން ލިޕްސްޓިކުން ލިޔެފައެވެ. މި ޢަމަލު ވަނީ "ލިޕްސްޓިކް ކޫޕް" ގެ ނަމުން މަޝްހޫރުވެފައެވެ.

ރޮޑްރިގުއެޒް މި ޢަމަލަށް މަޢާފަށް އެދި، އަދި އެއްވެސް އަނިޔާވެރި ޢަމަލެއްގައި ބައިވެރިނުވާކަމަށް ބުނި ނަމަވެސް، ކޯޓުން ނިންމާފައިވަނީ އޭނާގެ ޢަމަލުތަކަކީ ޑިމޮކްރަސީއާ ދެކޮޅު ހަރަކާތުގެ ބައެއްކަމަށެވެ.

ކޯޓުގެ ގާޒީ ވިދާޅުވި ގޮތުގައި ރޮޑްރިގުއެޒްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ހަމައެކަނި ބުދުގައި ލިޔުނު ލިޔުމަކަށް ނޫނެވެ. އެއީ ސަރުކާރު ވައްޓާލަން ކުރި މަސައްކަތުގައި ބައިވެރިވުމުގެ މައްޗަށެވެ.

އަދި ރޮޑްރިގުއެޒް ވަނީ ހަމަހޭގައި ހުރެ އަމިއްލަ އިޚްތިޔާރުގައި ސަރުކާރު ވައްޓާލަން މަސައްކަތްކުރި މީހުންނާ ގުޅިފައި ކަމަށާ އޭނާގެ މޯބައިލް ފޯނުން ހެކިތައް ފޮރުވަން މަސައްކަތްކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރޮޑްރިގުއެޒްގެ ދިފާޢުގައި ބުނެފައިވަނީ އޭނާ އެއްވެސް ސަރުކާރު އިމާރާތަކަށް ވަދެފައިނުވާ ކަމަށާއި، އޭނާގެ ޢަމަލުތަކަކީ ކުއްލިއަކަށް ކުރެވުނު ކަންތައްތަކެއް ކަމަށެވެ. އޭނާ ވަނީ މި ކަމަށް ހިތާމަކޮށް، އޭނާއަކީ ރަނގަޅު ރައްޔިތެއްކަމަށާއި، ހަމައެކަނި ވަގުތުގެ ހޫނުގައި މިކަން ކުރެވުނީ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.