މެލޭޝިއާގައި ފެށި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން..ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Apr 2025 | 15:33
އިންވެސްޓް ފޯރަމްގެ ސަބަބުން މެލޭޝިއާ އާއެކު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ: ސައީދު

މެލޭޝިއާގައި މިއަދު ފެށި މޯލްޑިވްސް އިންވެސްޓް ފޯރަމްގެ ސަބަބުން އެޤައުމާއެކު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި މިއަދު ފެށި އިންވެސްޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިންވެސްޓްމެންޓް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ އިންވެސްޓަރުންނާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިވުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ހިނގައްޖެ ކަމަށެވެ. 

ވަޒީރު ވިދާޅުވީ، މި ފޯރަމުގެ ސަބަބުން ދެ ޤައުމުގައިވެސް އިންވެސްޓް ކުރެވެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހިވާނެކަމަށާއި މި ފޯރަމް މެލޭޝިއާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

ސަޢީދު ވިދާޅުވީ، ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި ކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި 2040 ވަނަ އަހަރުގެ ކުރިން ރާއްޖެ ހިމެނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާ އެކު ޚާއްސަ މަގުޗާޓެއްގެ ދަށުން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. އަދި މި އަމާޒަށް ވާޞިލުވުމަށް އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން ވަރަށް މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިންވެސްޓްމެންޓް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ އިންވެސްޓަރުންނާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިވާނެ. އަދި ކުރިއަށް އޮތް ތަނުގައި އިޤުތިޞާދީ ދާއިރާއިން ގުޅިގެން ކުރިއަރާ ދިއުމަށް މަގު ފަހިވާނެ

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ

އަމިއްލަ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ބޭރު އިންވެސްޓަރުންނަށް ރާއްޖެ ފަހިކުރުމަށް ޚާއްސަ ޤާނޫނެއް މިހާރު އެކުލަވާލާފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެގޮތުން މިހާރު އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނޫނާއެކު ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ރައްކާތެރިކަން ލިބި، ހާމަކަމާއެކު ވިޔަފާރިކޮށް، ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ދައުރެއް އަދާކުރުމުގެ މަގު ފަހިވާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.