އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖޭގެ ވަފްދު.. ފޮޓޯ: އެމްއެމްޕީއާރުސީ
ވިޔަފާރި
28 Apr 2025 | 19:56
އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވެއްޖެ

ދުބާއީގައި މިއަދު ފެށި އަރަބިއަން ޓްރެވަލް މާކެޓްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، މިފަހަރުގެ އޭޓީއެމް ފެއާގައި ދިވެހިރާއްޖެއިން 235 މަންދޫބުން ތަމްސީލްކުރާނޭކަމަށެވެ. މި ފެއާގައި އެމްއެމްޕީއާރުސީން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލްކުރުމަށް ހަމަޖެހިފައިވައިރު، ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން އެފަރާތްތަކުގެ ވިޔަފާރިއާއި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ އޭޓިއެމް ފެއާގައި ރާއްޖޭގެ 110 ކުންފުންޏަކުން ބައިވެރިވެއެވެ. މި ފެއާ ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމްގެ އިތުރުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިބްރާހިމް ޝިއުރީ އާއި ކަމާ ގުޅުންހުރި އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޭޓިއެމް ފެއާ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މެއިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީއާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވަނީ މީގެ ކުރިންވެސް ދުބާއީ އޭޓީއެމް ފެއާގައި ބައިވެރިވެފައެވެ. މެދުއިރުމަތީގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު މާކެޓެކެވެ. މިއަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކު ވަނީ ރާއްޖެއަށް 10,845 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 10.8 އިންސައްތަ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް 12,164 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.