ގެއްލުނު ދޯނި.. ފޮޓޯ: ފުލުހުން
ހަބަރު
29 Apr 2025 | 07:59
ގެއްލިގެން ހޯދަމުންދިޔަ ދޯނި، އިންޖީނު ހުއްޓިފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯނި ފެނިއްޖެއެވެ.

އެ ދޯނި ފެނިފައިވަނީ ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ކަމަށާ، ދޯނި އޮތީ އިންޖީނު ހުއްޓިފައި ކަމަށް ފުލުހުން ބުންޏެވެ.

އަދި ދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައުވާ ކަމަށާ ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް ކޯސްޓް ގާޑާ ހަވާލާދީ ފުލުހުން ބުންޏެވެ. 

2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.

އެ ދޯނި ގެއްލެމުގެ ކުރިން ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ ދަންވަރު 2:40 ގައި ކަމަށާ، އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.

މި ދޯނި ގެއްލުނު މައްސަލަ އިއްޔެ ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދެވި، ދޯނި ހޯދަން އިއްޔެ ވަނީ ފަށާފައެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.