ނަމާދަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
29 Apr 2025 | 09:32
ނަމާދަށް ހޭލުންތެރި ކުރުމަަށް މިހާތަނަށް 170 ސެޝަން ބާއްވައިފި

ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް އިސްކަންދީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފެށި 'ނަމާދު މަތިވެރިކުރުން' ޕްރޮގުރާމުގެ 170 ސެޝަން ބާއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ، މި ސެޝަންތައް ބާއްވާފައިވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައި ކަމަށެވެ. 

އެގޮތުން މާލޭގައި ސަރަހައްދުގައި 60 ސެޝަން ބާއްވާފައިވާއިރު، ހއ. ހޯރަފުށީގައި 8 ސެޝަން، ހއ. ކެލާގައި 16 ސެޝަން، ހދ. ކުޅުދުއްފުށީގައި 18 ސެޝަން، ހދ. ވައިކަރަދޫގައި 6 ސެޝަން، ޅ. ނައިފަރުގައި 15 ސެޝަން، ވ. ކެޔޮދޫގައި 33 ސެޝަން، މ. ކޮޅުފުށީގައި 14 ސެޝަން ވަނީ ބާއްވާފައެވެ.

މި ސެޝަންތަކުގައި 851 ދަރިވަރުން ބައިވެރިވެފައިވާއިރު ސެޝަންތައް ނަންގަވައިދެއްވީ ދީނީ ޢިލްމުވެރިންނެވެ.

ނަމާދު ޕްރޮގްރާމަކީ މުޖްތަމަޢުގެ ފަރުދުން ނަމާދަށް ހޭލުންތެރިކުރުވުމާއ،ި ނަމާދަށް ލޯބިޖެއްސުމާއ،ި ނަމާދު މަތިވެރިކުރުމާއ،ި މާތް الله އަމުރު ކުރައްވާފައިވާ ގޮތަށް އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް ނަމާދުގެ އަޅުކަން ޤާއިމުކުރުމަށް ބާރުއެޅުމަށް މި އަހަރު ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގައި ކުރިއަށްދާ ހަރަކާތްތަކުގެތެރޭގައ،ި ނަމާދާގުޅުންހުރި މީޑިއާގެ ޚާއްޞަ ބަޔަކާއ،ި އޮންލައިން އަދި އޮފްލައިން ކޯސްތަކާއ،ި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިޔުން ހިމެނެއެވެ. މީގެއިތުރުން ލައިބްރަރީތަކާއ،ި ދިރާސާތަކާއ،ި އިސްތިޝާރީ ލަފާދިނުމާއ،ިވެބްސައިޓަކާއ،ި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގައި މުބާރާތްތައް ބޭއްވުމާއ،ި ނަމާދަށް ޚާއްޞަ މައުރަޒެއް ބޭއްވުންވެސް ހިމެނޭކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ނަމާދުގެ މުހިއްމުކަމާއ،ި ރުކުންތަކާއ،ި ސުންނަތްތަކާއ،ި ނަމާދުގައި ޚުޝޫޢަތްތެރިވުމާއ،ި ސުންނަތާ އެއްގޮތަށް ނަމާދު ކުރާނެގޮތާއި މިފަދަ މުހިއްމު އެތަކެއް މަޢުލޫމާތުތަކެއްގެ އަލީގައި މާތް الله އަށް އެންމެ ފުރިހަމަގޮތުގައި އަޅުވެތިވުމަށް އިންސާނާ ބައްޓަންވެގެންދާނެ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދޭނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.