ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒިފުންނަށް ބިރު ދެއްކުމަކީ ނާތަހުޒީބް އަމަލެއް ކަމުގައި ޑރ. މުއިއްޒު ސިފަކުރައްވައިފި

13 Oct 2018 | 16:15

ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒިފުންނާއި މަގުމަތިން ދިމާކޮށް ބިރު ދައްކަމުން އަންނަކަމަށާއި، މުވަޒަފުންނަށް ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ގެންދާ ނާތަހުޒީބު މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ހައުސިން މިނިސްޓަރ ޑރ މުއިޒް ކުށްވެރިކުރައްވައިފި އެވެ.

ޑރ މުއިޒް މިހެން ވިދާޅުވެފައިވަނީ އޭނަ ކުރައްވާފައިވާ ޓްްވީޓެއްގައެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒިފުންނަށް ބިރު ދައްކަމުން އަންނަ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއިރު، ހައުސިންގެ ބައެއް މުވައްޒަފުނަ ދަނީ ބޯހިޔާވެހިކަމުގެ ފްލެޓްތަކާއި، ބިންތައް ވިއްކަމުންދަނީ ބޭއިންސާފުންކަމަށް ހާމަކޮށްފަ އެވެ. ނުއަގުގައި މި ފްޕެޓްތަކާއި ބިންތއް ވިއްކައިފިނަމަ އިޔާދަ ނުކުރެވެނިވި ގެއްލުންތަކެއް ލިބޭނެކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.

މިބިންތަކާއި ފްލެެޓްތައް ގަތުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން މާލޭ ރައްޔިތުންނާއި ދަފްތަރުގައި ހިމެނޭ ގިނަ އަދަދެއްގެ ރައްޔިތުން ގޯތި ގަތުމަށް ބޮޑެތި ކިއު ހަދަމުން ގެންދިޔައެވެ. އަދި މިކަމުގެ ޝަކުވާ ބޮޑުވެ މިހާރު ވަނީ އެޗްޑީސީއަށް ގޯތި ވިއްކުމުގެ އެންމެހައި ކަންތައް ބަދަލުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement