ބަރެސްދޫ ތަރައްޤީކުރާނޭ ގޮތުގެ ހިޔާލީ ކުރެހުމެއް.. ފޮޓޯ: އެމްއައިޓީޑީސީ
ހަބަރު
29 Apr 2025 | 20:11
އެމްއައިޓީޑީސީން އަނެއްކާވެސް ކުންފުންނަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ!

ލ.އަތޮޅު ބަރެސްދޫ މައްސަލާގައި މޯލްޑިވްސް އިންޓްގްރޭޓެޑް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އަނެއްކާވެސް އަމިއްލަ ކުންފުންނަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެއެވެ.

ލ.ބަރެސްދޫ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ ނަމުގައި އެމްއައިޓީޑީސީން ވަނީ 2014 ވަނަ އަހަރު ބީޗް ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި މަޝްރޫޢުގެ ކުރިއަށްގެންގޮސްފައެވެ. އެ މަޝްރޫޢުގެ ދަށުން ބިން ކުއްޔަށް ހިފުމަށް ހުޅުވާލި ފުރުސަތުގައި އަމިއްލަ ކުންފުންޏެއްކަމަށްވާ ޔައްސި އިންވެސްޓްމަންޓުން ވަނީ ގެސްޓްހައުސް ހިންގުމަށް ބިޑް ކާމިޔާބުކޮށް އެމްއައިޓީޑީސީއަށް އެޑްވާންސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދީފައެވެ. ނަމަވެސް އެމްއައިޓީޑީސީން ޔައްސިއަށް ބިން ހަވާލުކުރުން ދިގުލައިގެން ދިއުމުގެ ސަބަބުން އެކުންފުނިން ވަނީ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އާއި ވަކީލުންނަށް ހަރަދުވި 10،000 ރުފިޔާ ހޯދުމަށް ސިވިލްކޯޓުގައި ދައުވާކޮށްފައެވެ.

މިއަހަރުގެ ފެބުރުއަރީމަހުގެ 13 ވަނަ ދުވަހު ރަޖިސްޓްރީކުރި އެ މައްސަލައިގެ ޝަރީއަތް މިއަދު ނިމުނުއިރު، އެމްއައިޓީޑީސީން އެ ދައުވާއަށް އިންކާރުކޮށްފައެއް ނުވެއެވެ. ސިވިލްކޯޓުން ވަނީ ހޮޓާ ތަރައްޤީކުރުމަށް އެކުންފުނިން އެޑްވާންސްގެ ގޮތުގައި ދެއްކި 1.5 މިލިއަން ރުފިޔާ މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެމްއައިޓީޑީސީއަށް އަމުރުކޮށްފައެވެ. 

މިފަދަ އެހެން މައްސަލައެއްގައި ސިވިލްކޯޓުން ވަނީ އެމްއައިޓީޑީސީގެ މައްޗަށް 918،774.59 ރުފިޔާ ރެއިންބޯ އިންވެސްޓްމަންޓަށް ދެއްކުމަށް މިދިޔަ އަހަރުގެ ފެބުރުއަރީމަހު ހުކުމްކޮށްފައެވެ.

އެމްއައިޓީޑީސީ އަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އެމްއައިޓީޑީސީން އިއުލާނު ކުރި ފުރަތަމަ މަޝްރޫއަކީ ބަރެސްދޫން އާންމު ފަރާތްތަކަށް ބިން ދޫކޮށްގެން ޓޫރިޒަމް ވިޔަފާރި ކުރުމުގެ މަޝްރޫއެކެވެ. ނަމަވެސް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އެ މަޝްރޫއުތައް އޭރު ހުއްޓުނު އިރު، ނިމިދިޔަ ސަރުކާރުންވެސް ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެން މަޝްރޫއު ކުރިއަށް ގެންދެވޭތޯ އުޅުނެވެ. ނަމަވެސް މިއަދާހަމަޔަށް އާއިރުވެސް ބަރެސްދޫ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ނުވެފައެވެ.

ލ.ބަރެސްދޫގައި ހިންގުމަށް ނިންމި ގެސްޓްހައުސް އައިލޭންްޑްގެ މަަޝްރޫއުއަށް ލިބުނު ފައިސާތައް، އެމްއައިޓީޑީސީގެ އިސްވެރިން ބޭނުންކުރިކަމަށް ތުހުމަތުކުރެވިގެން 2019 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ވަނީ ބަލާފައެވެ. 

އޮޑިޓަރ ޖެނެރަލް ނެރުއްވި އެމްއައިޓީސީގެ އޮޑިޓް ރިޕޯޓެއްގައި ވަނީ، އުސޫލާ ހިލާފަށް ސިޔާސީޕާޓީއެއްގެ އޮފީހެއް ހެދުމަށް އެމްއައިޓީޑީސީގެ ފައިސާ ބޭނުންކޮށްފައިވާކަން ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.