އީރާން-އެމެރިކާގެ ކޯޅުމުގެ އަސްލަކީ ކޮބާ؟

13 May 2019 | 11:48

ލިޔުނީ: މިދުއަމް 

އީރާނުގެ އިސްލާމިކް ރިވެލިއުޝަނަށް ފަހު ޔޫރަޕުގެ ތެޔޮ ކުންފުނިތައް އީރާނުން ބޭރުކޮށްލި ހިސާބުން އީރާން ވެގެން ދިޔައީ މެދު އިރުމަތީގައި އެމެރިކާގެ ދުޝްމަނަކަށެވެ. އަދި ލޭބަލް ކުރެވިގެން ދިޔައީ “ޑިކްޓޭޓަރޝިފެއް” ގޮތުގައިއެވެ. އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން އެދޭ ގޮތަށް އަމަލުތައް ނުބަހައްޓާ ހުރިހާ ގައުމަކަށް ލިބޭ މި ޑިކްޓޭޓަރޝިޕުގެ ލަގަބު އީރާނުން ބަލައިގަތީ ފަހުރުވެރިމާއި އެކުގައި ކަމަށްވެސް ބުނެވިދާނެއެވެ.

( ތާރީހުން: އެންގްލޯ އީރާނިއަން ނުވަތަ އެންގލޯ ފާޝިއަން ކުނފުންޏަކީ އިނގިރޭސިން އީރާނުގެ ތެޔޮ ނަގަން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ ނަން ފަހުން ބަދަލު ވެގެން ދިޔާއީ މިހާރު މައްޝޫރު ބީޕީ ނުވަތަ ބިރްޓިޝް ޕެޓްރޯލިއަމް އަށެވެ. މިއީ އީރާނުގެ ރިވެލިއުޝަނަށް ފަހު، ގައުމުގެ ތެޔޮ ގަމުގެ މީހުންގެ އެއްޗަކަށް ހަދަން ތެލުގެ އިންޑަސްޓްރީ ނޭޝަނަލައިޒް ކުރި އިރު އީރާނުން ބޭރު ކޮށްލި ހުޅަނގުގެ އެއް ކުންފުންޏެވެ. )

އަބަދުވެސް ހީނަރުކޮށް އޮތް އެމެރިކާ އިރާނުގެ ގުޅުން އިތުރަށް ގޯސްވީ ޓްރަމްޕް އެމެރިކަާގެ ވެރިކަމާއި ހަވާލު ވުމަށް ފަހުގައިއެވެ. މީގެ އަހަރުތަކެއް ކުރިން އެތައް ފަހަރަކު އެތެރެއިން އިރާނުގެ ވެރިކަން ބަދަލު ކުރެވޭތޯ އެމެރިކާއިން ކުރި މަސައްކަތް ކޮންމެ ފަހަރަކުވެސް ވީ ނާކާމިޔާބެވެ. ދެން އެމެރިކާއިން މަސައްކަތް ކުރީ އީރާނުގެ އިގްތިސޯދު ހަލާކު ކޮށް، އެމަގުން، އީރާނުގެ ވެރިން ކުޑަކަކުލަށް ތިރި ކުރެވޭ ތޯއެވެ. އެއީ އެހެން އެކަން ކުރެވިއްޖެ ނަމަ އެމެރިކާ އަށް ބޯ ލަނބައި ބުނާ ބަސް އަހާނެތީއެވެ. މިއީ އެމެރިކާއިން ގަބޫލު ކުރާ އެހެން އެތައް ގައުމަކާއި ދެކޮޅަށްވެސް، މިސާލަކަށް ޒިންބާބުވޭ އާއި ވެނެޒުވޭލާ، ބޭނުން ކޮށްފައިވާ އުކުޅެކެވެ. އިކޮނޮމިކް ވާފެއާރ ނުވަތަ އިގްތިސޯދީ ހަނގުރާމައެވެ.

ސާޅީހަކަށް އަހަރު ފާއިތު ވެއްޖެއެވެ. އެކަމެއް ނުވިއެވެ. އިރާނުގެ އިގްތިސޯދު ދިޔައީ އިތުރަށް ވަރުގަދަ ވަމުން ނެވެ. އެއާއި އެކު އީރާން ދިޔައީ ދިފާއީ ބާރުވެސް ވަރުގަދަ ކުރަމުން ނެވެ. އިރާން އެންމެ ފަހުން ވަނީ ނިއުކުލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުން ކުރާ ޔުރޭނިއަމް ވެސް މުއްސަންދިކޮށް އާލާ ކުރަން ދަސްކޮށް ފައިއެވެ. އެހިސާބަށް ދިއުމުން ޔޫރަޕާއި އޭރުގެ އޮބާމާ ގެ ވެރިކަމުންވެސް ގަބޫލު ކުރީ އިރާނާއި ދޭތެރޭ އަމަލު ކުރަމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިއްޖެ ކަމަށެވެ. އެގޮތުން އޮބާމާ ގެ ދައުރުގައި އެކި ކަންކަމުގައި މަޝްވަރާ ކުރެވި އެއްބަސްވެހި ގުޅުން މަޑުމަޑުން ރަނގަޅު ވިއެވެ.

ޓްރަމްޕު ވެރިކަމަށް ވަޑައިގަތް ފަހުން އެހުރިހާ މަސައްކަތެއް އަނެއް ކޮޅަށް ޖެހިއެވެ. އެމެރިކާއިން ކުރިން ގެންގުޅުނު “ބިރު ދެއްކުމުގެ” ސިޔާސަތަށް ރުޖޫއަ ވިއެވެ. އެހެން ގައުމުތަކަށް އީރާނާއި އެކު ވިޔަފާރި ނުކުރަން އެމެރިކާ އިން އެންގިއެވެ. އާންމު އުސޫލުން ހުއްދަ އޮންނަ ބޮޑެތި ގައުމުތަކަށްވެސް އީރާނާއި އެކު ވިޔަފާރި ނުކުރުމަށް އެމެރިކާ އިން އަމުރު ކުރިއެވެ. މި އަމުރުތަކަށް ގިނަ ގައުމު ތަކުން ތަބާ ވާނެއެވެ. އެކި އެކި ސަބަބު ތަކާއި ހެދި ހުރެއެވެ. ބައެއް ގައުމުތަކުގައި ތިބި ވެރިންނަކީ ސީދާ އެމެރިކާގެ އެހީ އާއި އެކު ވެރިކަމަށް އާދެވިފައި ތިބި މީހުންނެވެ. އެމީހުން އެމެރިކާގެ އަމުރަށް ބޯލަނބަން ޖެހޭނެއެވެ. ބައެއް ގައުމުތައް އޮތީ އެމެރިކާ އަށް ވަރަށް ބޮޑަށް ދަރާފައިއެވެ. އެގައުމު ތަކުން އެމެރިކާ އަށް ބޯ ލަނބަން ޖެހޭނެއެވެ. ފަސްދޮޅަހަށް ވުރެ ގިނަ ގައުމުގައި އެމެރިކާގެ އަސްކަރީ ބޭސް ހުރެއެވެ. އެ ގައުމުތަކުގެ އަސްކަރީ ކަންތައްކަށް ނުފޫޒު ފޯރުވަނީ އެމެރިކާ އިން ނެވެ. ވީމާ އެ އަމުރަށް އެ ހުރިހާ ގައުމަކުންވެސް ތަބާ ވާން ޖެހެއެވެ.

ދެންހުރީ މިފަދަ އެއްވެސް ގޮތަކަށް އެމެރިކާގެ ބާރު ދަށު ނުވާ “ހަގީގީ މިނިވަން” ގައުމުތަކޭ ބައެއް މާހިރުން ވިދާޅުވާ ގައުމުތަކެވެ. އޭގެ ތެރޭގައި ރަޝިއާ ޗައިނާ އަދި ތުރުކީ ފަދަ އިގްތިސޯދީ އަދި އަސްކަރީ ގޮތުން ބާރު ގަދަ ގައުމުތައްވެސް ހިމެނެއެވެ. މި ގައުމުތަކުން އެމެރިކާ “ޖަހާ ހައި ބެރަކަށް ނުނަށާނެ” އެވެ. މިއީ އެމެރިކާ ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރަން އޮތް ހުރަހެކެވެ. މިކަން އީރާނަށްވެސް ސާފުކޮށް އެނގެ އެވެ. މިއީ އީރާނަށް ލިބޭ ބާރެކެވެ. އަދި ހިއްވަރެކެވެ.

އަނެއް ކޮޅުން ބަލާއިރު އިރާނުގެ އިގްތިސޯދު ދެމެހެއްޓެނެވެ. އިރާނުގެ އަސްކަރިއްޔާ އަކީ ޒަމާނީ ފެންވަރުގެ އަސްކަރީ ބާރެކެވެ. ދެން ތިބީ އީރާނުގެ ރައްޔިތުންނެވެ. އިރާނުގެ ރައްޔިތުން އެމެރިކާގެ “ޑިމޮކްރަސީ ކުޅިވަރު” ވަރަށް ގާތުން ވަރަށް ގިނައިން ދެކެފިއެވެ. އެމެރިކާ ދަށުވާން، އެމެރިކާ ބުނާހާ ގޮތަކަށް އުޅޭ ގައުމަކަށް ވާން އެ ރައްޔިތުން ނޭދެއެވެ. ވީމާ އީރާނު ސަރުކާރަށް ރައްޔިތުންގެ ތާއިދު އެބައޮތެވެ. މިހުރިހާ ކަމެއް މިއީ އީރާން އެމެރިކާ ކުރިމަތީ ދެދުވާން ޖެހޭ، ތެދުވާނެ ސަބަބު ތަކެވެ. ތާރީހަށް ބަލައިލުމުން ފެނިގެންދާ ހަގީގަތަކީ އީރާނުން އެމެރިކާ ކުރިމަތީ ކުޑަކަކޫ ނުޖަހާނެކެމެވެ. އެންމެ ފަހު މީހާވެސް، ފަހު ނޭވަޔަށް ދާންދެން ބިޔަ ބޮޑު އެމެރިކާ ލަޝްކަރާއި ކުރިމަތި ލާނެކަމެވެ.

އެހެން ކަމުން މީގެ ދެހަފްތާ ކުރިން އެމެރިކާއިން ދިން އިންޒާރަށް އީރާން ނުސިހޭނެއެވެ. މިދިޔަ ހަފްތާގައި އީރާނަށް ބިރު ދައްކަން އެމެރިކާއިން ފޮނުވި އެއާރ ކްރާފްޓް ކެރިއާރ ފެނި އީރާން ނުތެޅޭނެއެވެ. އިރާނަށް ފަހުގެ އިންޒާރުދޭން ގަތަރު މަގުން އިއްޔެ ފޮނުވި ބީ 52 ގެ ބޮމާރ ފެނި އީރާން ފިލަން ނުދުވާނެއެވެ. ވީމާ ބިރުދައްކައިގެން އިރާން ލައްވައި ކުރުވަން އުޅޭ އެއްވެސް ކަމެއް އެމެރިކާ އަކަށް ނުކުރުވޭނެވެ.

ދެން އޮތީ ސީދާ ހަނގުރާމަޔަކަށް ދިއުމެވެ. ޓްރަމްޕްގެ ސަރުކާރުން އީރާނަށް މިހާ ބޮޑަށް ފިއްތަން ޖެހެނީ އިސްރާއީލާއިހެދިއެވެ. ނުވަތަ އެމެރިކާގެ ސަރުކާރަށް ނުފޫޒު ފޯރުވާ އިސްރާއީލުގެ ލޮބީ ގުރޫޕު ތަކާއި ހެދިއެވެ. މެދު އިރުމަތީގައި އިސްރާއީލަށް ޖެހިލުން ނުވާ އިސްރާއީލާއި ކުރިމަތި ލުމުގެ ހިއްވަރާއި ގާބިލްކަން އޮތް ހަމަ އެކަނި ގައުމަކީ އީރާނެވެ. އިސްރާއީލަށްޓަކައި އެމެރިކާއިން މަނަވަރާއި ޖެޓު ފޮނުވައި އީރާނަށް ބިރު ދައްކަފާނެވެ. އެކަމަކު ސީދާ ހަނގުރާމަޔަކަށް ގޮސްދާނެ ކަމަކަށް ނުބެލެވެއެވެ. ހަނގުރާމަ ކުރަންޏާ އެކަން ފަށަން ޖެހޭނީ އިސްރާއީލުންނެވެ. އެކަމަކު އެފަދަ ހިއްވަރެއް އިސްރާއީލަކު އަދި ނެތެވެ. އިސްރާއީލްގެ ހުރި ހިއްވަރު ފަލަސްތީނަށް ބަލައި ލުމުން ވަރަށް ސާފެވެ. ބަރުހަތިޔާރާއި ފ.35 ގެ ޒަމާނީ ޖެޓުތަކުގައި އިސްރާއީލުން ނިކުމެ ކުރިމަތި އެލަނީ ހުސްފައިގައި އޮށްގާ އަތަށް ނަގައިގެން ތިބި ފަލަސްތީނުގެ ކުޑަ ކުދިންނާއި އަންހެނުންނާއިއެވެ. ތިރީގައިވާ ފޮޓޯ އިން އިސްރާއީލުގެ ހުރީޔާ މު ހުރި ހިތްވަރެއް އެ ފެންނަނީ އެވެ.

ވީމާ އެމެރިކާ އާއި އީރާނުގެ ކޯޅުން ނިމިގެން ދާނީ، ކުރުކޮށް ފޮނުކޮށް ދަންނަވާނަމަ، އެ ކޯޅުން ފެށުނު ގޮތަށެވެ.

Advertisement

ކޮމެންޓް

Advertisement