ޔުމްނު މެލޭޝިޔާއަށް ގެންދަން ފްލައިޓް ގައި
ހަބަރު
30 Apr 2025 | 00:27
ޔުމްނުގެ ކަނދުރާގައި ރެނދެއް، އޮޕަރޭޝަން ކާމިޔާބު

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ހަފްތާއެއް ވެފައިވާއިރު، އޭނާ ހޮސްޕިޓަލަށް ގެންގޮސް އެންމެ ކުރިން ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލަތު ކުޑަކޮށް ރަނގަޅުވެ ވެންޓިލޭޓަރުން ނެގި އެވެ. ފަހުން ފަރުވާ ދިނީ އައިސީޔޫގަ އެވެ.

އަދި އިތުރު ފަރުވާއަށް އޭނާ ވަނީ މެލޭޝިޔާއަށް ފުރުވާލާފަ އެވެ.

އޭނާގެ އާއިލާ އިން ބުނީ މެންދުރު ތިނެއް ޖެހިއިރު ޔުމްނު ސާޖަރީއަށް ވައްދާފައިވާ ކަމަށެވެ. އޭނާގެ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާ މިއަދުގެ ސާޖަރީއަކީ އެކަމާއި ގުޅިގެން ކުރި ސާޖަރީއެއް ކަމަަށެވެ.

އެއީ އޭނާ ކުރަން ޖެހޭ އެންމެ މުހިންމު ސާޖަރީ ކަމަށް އާއިލާ އިން ބުނެ އެވެ.

ސާޖަރީގެ ކަންކަން ދިޔައީ ރަނގަޅަށް ކަމަށާ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ވަރަށް އަވަހަށް ޔުމްނުއަށް އިށީނދެ އިނދެވޭ ވަރުވާނެ ކަމަށް ވެސް އާައިލާ އިން ބުނެ އެވެ.

ޔުމްނުއަށް ފަރުވާ ކުރުމަށް 800،000 ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ދައުލަތުން ވަނީ އެންސްޕާ މެދުވެރިކޮށް 25،000 ޑޮލަރު ހަމަޖައްސާފަ އެވެ.

އަދި އާންމުންގެ އެހީތެރިކަން ހޯދަން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން 700،000 ވުރެ ގިނަ ފައިސާ ވަނީ ހޯދާފަ އެވެ. އާއިލާ އިން ބުނާ ގޮތުން އާންމުންގެ އެހީއަށް އެދުނީ ދައުލަތުން އެ މިންވަރަށް ފައިސާ ނުލިބުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.