ހުރާ ކައުންސިލަރުންނާއި ކައުންސިލްގެ މުވައްޒަފުން: ފޮޓޯ/ ހުރާ ކައުންސިލް
ހަބަރު
30 Apr 2025 | 16:01
ހުރާގެ ކޮންމެ ހާފިޡަކަަށް ކައުންސިލުގެ ފަރާތުން ބޮޑު އިނާމެއް؛ 150،000 ރުފިޔާ!

ހުރާ ކައުންސިލްގެ ފަރާތުން ޒުވާން ހާފިޒުން ތަމްރީނު ކުރުމަށް އެރަށުގައި ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ. 

ހުރާ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލްކުރާ ހުރާގެ ކޮންމެ ހާފިޡަކަށާއި އަމިއްލަ ގޮތުން ސަނަދު ހާސިލް ކުރާ ހުރާގެ ކޮންމެ ހާފިޡަކަށް 150،000 ރުފިޔާ (އެއް ލައްކަ ފަންސާސް ހާސް ރުފިޔާ) ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އަދި މި ނިންމުން ނިންމާފައިވަނީ، އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 233 ވަނަ އާއްމު ބައްދަލުވުމުގައި ކަމަށްވެސް ބުނެފައިވެއެވެ. 

މި ޕްރޮގްރާމާއި ގުޅޭގޮތުން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ މެންބަރު އަބްދުالله އިބްރާހީމް ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ހުރާގައި ޤުރުއާން ހިތުދަސްކުރަން ބޭނުންވެސް އެ ފުރުސަތު ނުލިބި ތިބި ކުދިންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އަދި އެ ރަށަކީ ޤުރުއާން ހިތުދަސް ހާފިޒަކު އަދި ނެތް ރަށަކަށް ވުމުން، ރަށުގައި ޤުރުއާން ހިތުދަސް ހާފިޒުންތަކެއް އުފެއްދުމަކީވެސް އެ ޕްރިގްރާމްގެ މަގުސަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 

”މިފަދަ ބޮޑު އިނާމެއް ހާފިޡުންނަށް ހުށަހަޅަން ނިންމާފައި މިވަނީ، އެ ދަސްކުރާ މީހުންނަށް ހިތްވަރުދީ އެކަމަށް ބާރު އަޅައި އަގުވަޒަންކުރުމުގެ ގޮތުން.“ އޭނާ ވިދާޅުވިއެވެ. 

ކައުންސިލް މެންބަރު އަބްދުالله އިބްރާހީމް ވިދާޅުވި ގޮތުގައި، ހާފިޒުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާއަކީ އެ ކައުންސިލްގެ ބަޖެޓުގެ ތެރެެއިން ކުރާ ހޭދައެއް ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.