ފުލުހުން މަގުމަތީ ހަރަކާތްތެރި ވަނީ -- ފޮޓޯ: ޕޮލިސް
ހަބަރު
01 May 2025 | 22:48
ތިން މުޒާހަރާ، އެންފޯސްމަންޓް ޓީމްތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަނީ

‏ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންފޯސްމަންޓް ޓީމްތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ޚިދުމަތުން މިރޭ ބުނެފި އެވެ.

ފުލުހުޖް އެކަން ހާމަކުރީ ސޯޝަލް މީޑިއާގައި މިރޭ އާންމު ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ފުލުހުންގެ ޓީމުތައް ހަރަކާތްތެރިވާ ފޮޓޯތަކެއް ހިމަނާފައިވެ އެވެ.

އަދި ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމް ތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

‏މި މަގުން ކުރެވޭ މަސައްކަތުން ރައްކާތެރިކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުން އެއީ ފުލުހުންގެ މަސައްކަތުގެ އަމާޒު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން މަގުމަތީ ހަރަކާތްތެރި ވަނީ -- ފޮޓޯ: ޕޮލިސް

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

ނަމަވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހު އަންހެނަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލު ކުރިގޮތުން އިތުބާރަށް ވަނީ ބުރޫއަރާފަ އެވެ.

ސިލްސިލާ މުޒާހަރާތަކެއް، ސީޕީ އިސްތިއުފާ

އެ ހާދިސާއާ ގުޅިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.

ޒުވާނުންގެ ބަޔަކު އެއްވެ ކުރިއަށް ގެންދާ މި މުޒާހަރާތަައް ކޮންމެ ރެއަކު ވެސް މަޖީދީމަގުގައި އޮވެ އެވެ. މަގުގެ ބޮޑުބައެއް ބަންދުކޮށްގެން އަދި މަގުމަތީ އިށީންދެ ތިބެ ކުރިއަށް ގެންދާ މުޒާހަރާގައި އެ މީހުންގެ ޑިމާންޑްތައް ދަނީ ހާމަ ކުރަމުންނެވެ.

ފުލުހުންނަށް ތުހުމަތު ބޮޑުވެ މުޒާހަރާގެ އަޑު ގަދަވެފައި ވަނިކޮށް ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މި މުޒާހަރާގެ އިތުރުން ކުރީގެ ކޮންޓްރޯލާ ޝަމްއާން މިނިވަން ކުރުމަށް ގޮވާލާ ވެސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލަން ގޮވާލާ ވެސް މިރޭ ވަނީ މުޒާހަރާ ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.