މިއަދުގެ ރެލީގައި ޑްރައިވާސް އެސޯސިއޭޝަނުން ބައިވެރިވަނީ -- ފޮޓޯ: ޑްރައިވާސް އެސޯސިއޭޝަން
ހަބަރު
01 May 2025 | 23:17
ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އިސްވެ މޭޑޭ ރެލީ ބާއްވައިފި، ގޮވާލީ ހަައްގުތަކަށް އަރައިނުގަތުމަށް

ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އިސްވެ މޭޑޭ ރެލީ ބާއްވައިފި އެވެ.

މިއަދަކީ ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަހެވެ. މި ދުވަހާއި ދިމާކޮށް މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ގޮވާލާ ކޮންމެ އަހަރަކު ވެސް ރެލީތައް ބާއްވަ އެވެ.

މި އަހަރުގެ ރެލީ ބޭއްވީ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އިސްވެ އެވެ. އޭގެ ތެރޭގައި ޕޯޓް ވޯކާސް ޔޫނިއަން އާއި ޑްރައިވާސް އެސޯސިއޭޝަނާއި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން ހިމެނެ އެވެ.

ރެލީ އޮތީ ރަސްފަންނު ސަރަހައްދުގަ އެވެ. އެ މީހުން ބޭނުންވީ ރެލީ މަޖީދީމަގުގައި ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން އެ ފުރުސަތު ދީފައެއް ނުވެ އެވެ.

ފުލުހުން ބުނީ ‏މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރޭވި ރެލީ، އަމީނީމަގުން ކުރިއަށް ގެންދިއުމުގެ ހުއްދަ އެކަން އިންތިޒާމް ކުރާ ފަރާތްތަކަށް ދިން ކަމަށެވެ. އަދި ރެލީއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމަށް މަގުފަހިކޮށްދޭނެކަންވެސް އެފަރާތަށް އެންގި ކަމަށެވެ.

ރެލީގައި ބައިވެރިވި ފަރާތްތަކުން ވަނީ ރިސޯޓްތަކުގައި އަންހެން މުވައްޒިފުންނަށް ބުރުގާ އެޅުމުގެ ހައްގު ދިނުމަށާއި މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުން ނުގެން ގުޅުމަށް ގޮވާލާފަ އެވެ.

އަދި ސަރުކާރުން ޓެކްސީ ހިދުމަތް ފަށާ ޓެކްސީ ޑްރައިވަރުންގެ މަސައްކަތް ހަލާކުކޮށް ނުލުމަށް ގޮވާލި އެވެ. މަސްވެރިކަމުގެ ސިނާއަތަށް އޮތް ބޭއިންސާފު ނައްތާލުމަށް ވެސް ގޮވާލި އެވެ.

އެ މީހުން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ފޮތިގަނޑުތަކާއި ބެނާތައް ވެސް ހިފައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.