މިރޭގެ މުޒާހަރާގައި ދެ ކުއްޖަކު ބޯޑެއް ހިފައިގެން
ހަބަރު
01 May 2025 | 23:31
މި ކުދީން ގޮވާލީ “ވާނުވާ ބަންދު” ގައި ތިބި އެ ކުދީންގެ ބައްޕައިން ދޫކޮށްލަން

ތަފާތު އެކި ތުހުމަތުތަކުގައި “ވާނުވާ ބަންދު” ޖަހާ ޖަލުގައި ބަންދުގައި މީހުން ދޫކޮށްލަން ގޮވާލާ މިރޭ އިހުތިޖާޖު ކޮށްފި އެވެ.

ސުލްހަވެރި މި އިހްތިޖާޖު ކޮށްފައި ވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.

ގިނަ ބަޔަކު ބައިވެރިވި އިހްތިޖާޖުގައި ބައިވެރީން ގޮވާލީ ތަފާތު އެކި ތުހުމަތުތައްކޮށް “ވާނުވާ ބަންދު” އުވާލާށެވެ. އަދި އެ ބަންދުގައި ޖަލުގައި ބަންދު ކޮށްފައިވާ މީހުން ދޫކޮށްލުމަށެވެ. ބައެއް މައްސަލަތައް ފާހަގަކޮށް އެ މީހުން ބުނީ އެއީ އުފައްދާފައިވާ އަސްލެއް ނެތް މައްސަލަތަކެއް ކަމަށެވެ.

އެފަދަ އަސްލެއް ނެތް މައްސަލަތަކުގައި ބައެއް މީހުން ވާނުވާ ބަންދުގައި ތިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިއީ އެ މީހުންގެ އާއިލާތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ބުނެފައިވެ އެވެ.

މިރޭގެ އިހްތިޖާޖު: ގޮވާލީ ވާނުވާ ބަންދު އުވާލަން 

ބާރުވެރި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަނިޔާލިބިގެންވާ މީހުންގެ ދުއާއަށް ބިރުވެތިވެ އަނިޔާވެރިކަން ހުއްޓާލުމަށް ވެސް ގޮވާލާފައިވެ އެވެ.

މިރޭގެ އިހުތިޖާޖުގައި ވާނުވާ ބަންދުގައި ޖަލުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ މިހާރު ވެސް ބަންދުގައި ތިބި ބައެއް މީހުންގެ ޅަ ދަރީން ވެސް ބައިވެރިވި އެވެ. އެ ކުދީން ވަނީ އެ ކުދީންގެ ބައްޕައިން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ވާނުވާ ބަންދު އުވާލުމަކީ ކޮންމެ ބަޔަކު ވެސް ކެމްޕެއިން ގައި ވަރަށް ހަރު އަޑުން ގޮވާލާ ގޮވާލުމެކެވެ. ނަމަވެސް ވެރިކަން ލިބުމުން އެކަން ތަންފީޒު ކުރުމުގައި ފަހަތަށް ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.