އެމްޑީޕީގެ އިސްވެރިން: ފޮޓޯ/ ވޮއިސް
ހަބަރު
02 May 2025 | 14:31
ޒުވާނުން މުޒާހަރާކުރީ ސުލްޙަވެރިކަމާއެކު ގާނޫނީ އިމުގެތެރޭގައި؛ ހައްޔަރުކުރި މީހުން ދޫކޮށްލާ: އެމްޑީޕީ

މާލޭ ހެންވޭރުގައި ހުރި ގުދަނެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން، އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ، ސިލްސިލާކޮށް ޒުވާނުން ކުރަމުންދިޔަ މުޒާހަރާ، ފުލުހުން ރޫޅާލުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 18 އޭޕްރީލް 2024 ގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އިންސާފަށް ގޮވާލުމަށާއި ފުލުހުން ޖަވާބުދާރީ ކުރުވުމަށް މުޒާހަރާތަކެއް ކުރަމުންދާއިރު، ފާއިތުވި ހަފުތާގައި ސަތޭކަ އަކަށް ޒުވާނުން ބައިވެރިވެގެން ކުރި މުޒާހަރާތައް ކުރީ މުޅިން ސުލްޙަވެރިކަމާއެކު، ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. 

ނަމަވެސް، 1 މެއި 2024 ގައި ބޭއްވުނު އެންމެ ފަހުގެ މުޒާހަރާގައި، އެއްވެސް އުނދަގުލެއް ނެތި ފުލުހުންގެ ބެރިކޭޑްތަކުގެ ފަހަތުން އަޑުއުފުލަމުންދިޔަ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ވަނީ އެއްވެސް ސަބަބެއް ނެތި އަނިޔާވެރި ގޮތަކަށް ހަރުކަށިކޮށް ބާރުގެ ބޭނުންކޮށްފައި ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

މިގޮތުން މުޒާހަރާކުރާ މީހުންގައިގައި ތަޅައި، ޕެޕަރ ސްޕްރޭ ޖަހައި، އެމީހުންގެ އާލާތްތައް އަތުލައި، އަދި މުޒާހަރާ އިންތިޒާމުކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އަދި މި ހާދިސާގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، އެއް ފަރާތެއް އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު އެމްޑީޕީން ބުނެފައިވަނީ، ހައްޔަރުކުރެވުނު ފަރާތްތަކަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ޑިޓެންޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށާއި، އަދި ލިބިފައިވާ ބޮޑެތި އަނިޔާތަކަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ.

މިއީ ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ޙައްޤުތަކަށް ކުރެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މިކަން ވަގުތުން ރަނގަޅުކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީން ވަނީ ހައްޔަރުކުރެވުނު މީހުން އެއްވެސް ޝަރުތަކާއި ނުލައި ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި ފުލުހުންނާއި ދާޚިލީ ވަޒީރު، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލާގައި ޖަވާބުދާރީ ކުރުވުމަށްވެސް ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގަލަން
ކޮބައިބާ ތިޔަކިޔާ ސުލްހަވެރި މުޒާހަރާއަކީ.
02 May 2025
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.