އެލައިޑްގެ ޚިދުމަތްދޭ އޮފީހެއް- ފޮޓޯ/ އިންޓަނެޓް
ވިޔަފާރި
03 May 2025 | 12:55
ކަމަނަ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި، ފުރަތަމަ މަހުގެ ޕޭމަންޓު އަދިވެސް ހިލޭ

އެލައިޑު އިސްލާމިކް ވިންޑޯއިން ފެށި ކަމަނަ ޕްލޭންގެ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ. 

މާރިޗުމަހުން ފެށިގެން އެލައިޑު އިސްލާމިކް ވިންޑޯއިން ކުރިޔަށްގެންދާ ކަމަނަ ޕްލޭންގެ ޕްރޮމޯޝަން އޮތީ އޭޕްރިލު މަހުގެ ނިޔަލަށެވެ.

އެހެންނަމަވެސް އާންމުންގެ ފަރާތުން ލިބެމުން އައި ތަރުހީބާއި އެކު އެލައިޑް އިސްލާމިކް ވިންޑޯއިން ވަނީ މި ފެށޭ މެއި މަހުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައެވެ. އެހެންކަމުން ކަމަނަ ޕްލޭން ނަންގަވާ ކޮންމެ މީހެއްގެފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން %100 ޑިސްކައުންޓް ލިބޭ އޮފަރ އަދިވެސް ކުރިޔަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.  

ކަމަނަ ޕްލޭނަކީ އަންހެނުންނަން ޚާއްޞަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

އެގޮތުން މާލީގޮތުން ދުރާލާ ތައްޔާރުވުމަށް އެހީވެދޭ މި ޕްލޭނުން ފޯރުކޮށްދޭ ކަވަރޭޖްތަކުގެ ތެރޭގައި؛

• ފުރާނައަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން،

• 3 އަހަރުން 1 ފަހަރު ހިލޭ ކެންސަރ(އަންހެނުންނަށް ޚާއްޞަ ތިން ބާވަތުގެ ކެންސަރ) ސްކްރީނިންގ ހެދޭނެ މަގު ފަހިކޮށްދިނުން،

• އެކްސިޑެންޓެއް ދިމާވެގެން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

• ޕްލޭންގެ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އާއިލާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެއެވެ. 

މީގެ އިތުރުންވެސް މިޕްލޭންގެ އެންމެ ޚާއްޞަ ސިފައަކީ ކުރިން ބުނެދިޔަ ހާލަތްތަކުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހުވެސް، މި ޕްލޭން ކުރިޔަށްދާ އުސޫލު ކަނޑައެޅިފައިވުމެވެ. 

ނަތީޖާއެއް ގޮތުން، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހި، ޕްލޭނުގެ މުއްދަތު ފުރިހަމަވަންދެން ޕްލޭން ކުރިޔަށްދިޔުމާއި އެކު، އެމުއްދަތުގައި ލިބޭ އިމަރޖެންސީ ފަންޑުވެސް ލިބޭނެ ގޮތް ވަނީ ފަހިވެފައެވެ. އެއަށްފަހު، ޕްލޭނުގެ މުއްދަތު ހަމަވުމުން ގަނޑުކޮށް ފައިސާ ލިބޭނީ އެއްކުރެވިފައިވާ ފައިސާއާއި އެއަށް ލިބިފައިވާ ފައިދާއާއި ވެސް އެކުގައެވެ. 

ކަމަނަ ޕްލޭނާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން ދަނީ އެކި އޮފީސްތަކާއި މުއައްސަސާތަކަށްވެސް މައުލޫމާތު ސެޝަން ރާވާ ހިންގާދެމުންނެވެ. އެގޮތުން، މިފަދަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރ 1600އަށް ގުޅުއްވުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.