ސޯސަންމަގުގައި ހުންނަ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
ހެންވޭރު ސޯސަންމަގުގައި ހުންނަ ގެއެއްގެ ބެލްކަނިން ބައެއްވެއްޓި މީހަކަށް އަނިއްޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިރޭ 18:18 ހާއިރު ކަމަށެވެ. ހާދިސާގައި އަނިޔާވެފައިވަނީ 28 ޒުވާން އަންހެނަކަށެވެ. ބެލްކަނިން ބައެއް ވެއްޓުމުގެ ސަބަބުން އެ އަންހެންމީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންދެވުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ބުނެފައެވެ. މާލޭގެ ބައެއް އިމާރާތްތަކުގެ ބެލްކަނިން މަގުމައްޗަށް ބައިބައި ވެއްޓުމާއި ބޭރަށްވާގޮތަށް ހުންނަ ކުޑަދޮރުތަކާއި ބެލްކަނީގައި ހުންނަ ގަސްމުށި ފަދަ އެއްޗެހި މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ދޭތެރެއަކުން ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން މީގެކުރިން ހިނގާފައިވާ މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންނަށް ވަރަށްބޮޑެތި އަދި އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists