ފޭސް 2 ގައި އިމާރާތް ކުރަމުންދާ ސުކޫލް: ފޮޓޯ/ ވޮއިސް
ހަބަރު
05 May 2025 | 10:43
ފޭސް 2 ގައި ބިނާކުރަމުންދާ ސުކޫލު މިއަހަރުގެ ނޮވެމްބަރު މަހު ނިންމާލެވޭނެ: ޑރ. ޝަފީޢު

ހުޅުމާލެ ފޭސް2 ގައި މިހާރު އަޅަމުންދާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ހުޅުމާލޭގައި، ޚާއްސަކޮށް ހުޅުމާލެ ފޭސް2 އިން ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް ކިޔެވުމަށް މާލެ އަންނަން ޖެހޭތީ އެ ދަރިވަރުންނަށް ތަކުލީފްތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. 

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ/ މަޖިލިސް

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝަފީއު ވިދާޅުވީ އާބަން ޑިވެލޮޕްމެންޓުގެ ތެރެއިން މިހާރު އެންމެ އިސްކަން ދެނީ ފްލެޓު އެކަނި އަޅަން ކަމަށާއި ނަމަވެސް އެ ފްލެޓް އަޅަން ވިސްނާއިރު، ފުލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ އެހެން ޚިދުމަތްތައް ގާއިމްކުރަން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 7000 ފްލެޓުގެ ހިޔާ ފްލެޓް ނިމިގެން ދިޔައިރުގައި ވަރަށް ގިނަ ދުވަސްވި، ފަސް ވަރަކަށް އަހަރު ދިޔަ. އެ ފަސް އަހަރު ތެރޭ ވެސް އެކަށީގެންވާ ސްކޫލު ބިނާރުތަކެއް އެ ސަރަހައްދުގައި ގާއިމެއް ނުކުރެވުނު. އެންމެ ސްކޫލެއް، ޞަލާހުއްދީން ސްކޫލު ބިނާ ކުރެވިގެން ދިޔައީ. ޞަލާހުއްދީން އެއް ސެޝަނަށް ހިނގަމުން އަންނަނިކޮށް އަޅުގަނޑު ނިންމީ އެތައް ހާސް ދަރިވަރުންނެއް ކޮންމެ ދުވަހަކު ބްރިޖު ހުރަސްކޮށް މާލެ އަށް އަންނަމުންދާތީ އެ ތަކުލީފު ކުޑަކުރުމަށް ސޮލާހުއްދީން ދެ ސެޝަނަށް ބަދަލު ކުރުމަށް“

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު 

ހުޅުމާލޭ ފޭސް 2 ގައި އަޅަމުންދާ ސްކޫލް: ފޮޓޯ/ ވޮއިސް

މިއާއެކު ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ޕްރޮޖެކްޓްގެ ގޮތުގައި، ފޭސް 2 ގެ ހިޔާ ފްލެޓްތައް ކައިރީގައި 54 ކްލާސްރޫމުގެ ސްކޫލު އިމާރާތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާ، އެ ސްކޫލުގެ މަސައްކަތް ނޮވެމްބަރަށް ނިމޭނެ ކަމަށެވެ.

އެ ސުކޫލު ނިމުމާއެކުގައި، ފުދޭވަރަކަށް ބޮޑު ހައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. ޖުމްލަ ހައްލެއްނޫން. ހަމަ އެއާއެކު މި އަހަރު ތެރޭ އިތުރު ދެ ސްކޫލެއްގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން. އެއީ ފޭސް 2 އެއް ސްކޫލާއި ފޭސް 1 ގެ އެއް ސްކޫލް. ފޭސް1 އަށް ބަލާއިރު ވެސް ސިފްކޯ، ޕޮލްކޯ އަދި އެޕޯލޯ ޓަވަރުތައް ކައިރީ ސްކޫލެއް ނެތުމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރަމުން މިދަނީ. އެނެްވީމާ ހުޅުމާލޭގައި ގޮންޖެހުންތަކެއް އެބަހުރި، އެ ގޮންޖެހުންތައް ހައްލު ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަންތައް. ދެ ސްކޫލު މި އަހަރު އަޅުގަނޑުމެން ފަށާނަން މި އަހަރު،" 

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު 

އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރު މާލެ އަށް ވުރެ ޑިމާންޑު ބޮޑީ ހުޅުމާލޭ ސްކޫލުތަކަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.