ޖުަޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
05 May 2025 | 14:26
ލިޔުންތައް ދިރާސާކުރުމަށްފަހު، ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރުމާމެދު ގޮތެއް ނިންމަން ކޮމިޓީން ނިންމައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލާގައި އެ މައްސަލައާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ދިރާސާކޮށް، ދެ ފަނޑިޔާރުން ހާޒިރުކުރުމާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް އިއްޔެ ޖޭއެސްސީން ފާސްކޮށް އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މިއަދު މަޖިލީހުގެ ކޮމިޓީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ދިރާސާ ކުރަން ވަގުތު ބޭނުންވާކަން ފާހަގަކުރައްވާފައެވެ. 

އެއާއެކު ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދުވެސް ވަނީ އެކަން ފާހަގަކުރައްވައި، މައްސަލާގައި ގޮތެއް ނިންމުމަށް ވަރަށް ގިނަ ކަންކަން ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ފުރަތަމަ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު ގޮތެއް ނިންމުމަށް ހުށަހަޅުއްވާފައެވެ.

ޖުަޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް

އެއާއެކު ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ، އެ މަސައްކަތް އަވަސް ކުރުމަށް މައްސަލައާއި ގުޅޭ ހުރިހާ ފަރާތެއް ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާފައެވެ. އެގޮތުން ޖޭއެސްސީގެ މައްސަލަ ތަހުގީގު ކުރި ކޮމިޓީގެ މެންބަރުންނާއި، ތުހުމަތު ކުރެވޭ ފަނޑިޔާރުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ. 

އެގޮތަށް ލައިވް ޓީވީގައި ކަންކަން ކުރިއަށް ގެންދިޔައީމާ، މި ކޮމިޓީގައި ކުރެވޭ މަސައްކަތަކީ އަދުލުވެރިކަމާ އިންސާފާ ދެފުށް ފެންނަ ގޮތަށް ކިރެވޭ މަސައްކަތަކަށް ވެގެންދާނެ

މެންބަރު މަޢުރޫފް ޒާކިރު

އެ ހުށަހެޅުމާއި ގުޅިގެން ކޮމިޓީގެ ޗެއާ ވަނީ މިފަދަ މައްސަލަތައް މީގެ ކުރިން 19 ވަނަ މަޖިލީހުންވެސް ނިންމާފައިވާއިރު، މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކިރެވުނީ އެންމެ ފަމޑިޔާރެއް ކަމަށެވެ. ނަމަވެސް އިތުރު 8 ފަނޑިޔާރެއް މަގާމުން ވަކިކުރީ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރު ނުކޮށްކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ކޮމިޓީން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރު އަޝްރަފް ހުށަހަޅުއްވައި، ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއީދުކުރެއްވި ގޮތަށްލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު މީހަކު ހާޒިރުކުރަން ޖެހޭތޯ ނޫންތޯ ކޮމިޓީން ވަކި ބައްދަލުވުމެއްގައި ފަހުން ގޮތެއް ނިންމާ ގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ