އެމްއެމްއޭ
ހަބަރު
05 May 2025 | 15:53
މިދިޔަ އަހަރު ނިމުނުއިރު އިޤްތިސާދުގައި ދައުރުކުރަން ނެރުނު ފައިސާގެ އަދަދު 4.1 ބިލިއަން ރުފިޔާގައި!

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ އިޤްތިސާދުގައި ދައުރުކުރަން ނެރުނު ފައިސާގެ އަދަދު 4.1 ބިލިއަން ރުފިޔާއަށް އަރާކަމަށް މަރުކަޒީ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު، އިގްތިސާދުގައި ދައުރުވާ ދިވެހި ފައިސާގެ އަދަދު 4.1 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 4.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އިގްތިސާދުގައި އެންމެގިނައިން ދައުރުކުރުމަށް ނެރެފައިވަނީ، 500 ރުފިޔާގެ ނޫޓެވެ. ދެން އެންމެ ގިނަ އަދަދަކަށް ނެރެފައިވަނީ 1000 ގެ ނޫޓެވެ. ތިންވަނައަށް އެންމެ ގިނައީ 100 ރުފިޔާގެ ނޫޓެވެ.

ވަކިލާރިއަށް ބަލާއިރު، އެންމެގިނައިން ދައުރުކުރުމަށް ނެރެފައިވަނީ 1 ރުފިޔާއެވެ. އެއީ ދައުރުވާ ވަކިލާރީގެ 50.9 އިންސައްތައެވެ. ދެވަނައަށް އެންމެބޮޑަށް ދައުރުކުރުމަށް ނެރެފައިވަނީ 2 ރުފިޔާއެވެ. އެއީ 33.5 އިންސައްތައެވެ. އަދި ތިންވަނައަށް 50 ލާރިއެވެ.

ރާއްޖޭގެ އިޤްތިސާދުގައި ދައުރުވާ ފައިސާގެ ތެރެއަށް ވަކިލާރިނެރޭވަރު އިތުރުވެފައިވަނީ، ޖީއެސްޓީ ތައާރަފްކުރުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު މޯބައިލް ބޭންކިންއާއި އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުރުން އިތުރުވުމާއެކު، ވަކިރުފިޔާގެ ފިޒިކަލް މުއާމަލާތްތައް ދަށްވަމުން އަންނަކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.