ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ފޮޓޯ/ވޮއިސް
ހަބަރު
06 May 2025 | 12:23
ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް 4 އަހަރު، އިންސާފު ލިބިފައިނުވާތީ ކަންބޮޑުވަން: ދަ ޑިމޮކްރެޓްސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 6 މޭ 2021 ވަނަ ދުވަހު ދެވުނު ޙަމަލާއަށް މިއަދަށް 4 އަހަރު ވެފަވާކަމަށާއި، އަހަރަކަށް ފަހު އަހަރެއް ފާއިތުވެދިޔަ އިރު މި މައްސަލައިގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފާ ނުވާކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.  

ދަ ޑިމޮކްރެޓްސްއިން މިހެން ބުނެފައިވަނީ އެކަމާ ގުޅިގެން މިއަދު އެ ޕާޓީގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައިވާގޮތުން، މި މައްސަލާގައި ކުށަށް އިޢުތިރާފުވި، މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް މި ޙަމަލާއާގުޅިގެން ކުށެއް ސާބިތުކުރެވިފައި ނުވެއެވެ. އަދި މިމައްސަލައާގުޅޭ އިތުރު މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ދިފާޢީ ވަޒީރު ޣައްސާން މަޢުމޫން ވިދާޅުވެފައިވީނަމަވެސް، މިކަމުގައި ދަޢުލަތުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

"މި މައްސަލާގައި ކުށަށް އިއުތިރާފުވި މިހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް މިހަމަލާއާ ގުޅިގެން ކުށެއް ސާބިތުކުރެވިފައިނުވެއެވެ. އަދި މި ޙަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަޙުޤީގުން ހޯދިފައިނުވެއެވެ. އަދި މި މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ 25 މާރިޗް 2024 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގައި ވިދާޅުވި ނަމަވެސް، އެއަށްފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުޢައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ."

ބަޔާނުގައި ވެއެވެ.

6 މޭ 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ކުރީގެ ރައީސް ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ. ބޮން ފަރުމާ ކޮށްފައިވަނީ އެތެރެއަށް ރޭޒަރު ފުށްތަކެއް އަޅައިގެންނެވެ. މީގެ ސަބަބުން އެމަނިކުފާނުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ހުރީ ރޭޒަރު ފުށް ވަދެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ޒަޚަމްތަކުގެ ސަބަބުން، އެމަނިކުފާނު 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރަންޖެހުނުކަމަށްވެސް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް އެ މައްސަލާގައި ހުކުމެއް އައިސްފައި ވަނީ ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދި  ބޮން ގޮއްވާލަން ރިމޯޓަށް ފިތާލި، ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އައިސްފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

މި ބަޔާނުގައި، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުޤީޤު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ޑިމޮކްރެޓްސް އިން ވަނީ ގޮވާލަފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.