ކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅު ފޮޓޯ އެއް: ފޮޓޯ/ގޫގުލް
ހަބަރު
06 May 2025 | 13:20
ޢިޖުތިމާޢީ ވުޒާރާގެ މުވައްޒަފަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

އިޖުތިމާޢި ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއި ބުނިގޮތުގައި މައްސަލަ ބަލަމުންދަނީ އެ ވުޒާރާގެ އިސްނެގުމުގެ ދަށުންނެވެ. 

ނ. މަނަދޫގައި ހުންނަ އިޖްތިމާޢި ތަރައްޤީއާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކުޑަ ކުައްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އެ ކުއްޖާގެ ބޮޑުބޭބެއެއް ކުރި ޕޯސްޓެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ޕޯސްޓުގައި ކުއްޖާގެ ބޮޑުބޭބެ ބުނެފައިވާގޮތުން، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ކުއްޖާގެ ދޮން ބައްޕަ އާއި، ބޮޑުބޭބެގެ ދައްތައެއްގެ ފިރިމީހާއެވެ. އަދި ބޮޑު ބޭބެގެ ދައްތަގެ ފިރިމީހާ އަކީ މަނަދޫގައި ހުންނަ އިޖްތިމާޢި ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފެއްކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެކުއްޖާގެ ބޮޑުބޭބެ ބުނެފައިވާ ގޮތުން، ކުއްޖާގެ މަންމަ އާއި، ބޮޑުބޭބެގެ ދައްތަ މަސައްކަތް ކުރަމުންދަނީ އެ ދެމީހުންގެ (ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ދެމީހުން) ދިފާޢުކޮށް، ކުއްޖާއަށް ތުހުމަތުތައް ކުރަމުންނެވެ. 

އަދި އެ މައްސަލާގައި ހަނު ހުރުމަށް އޭނާ ގާތުގައިވެސް ބުނަމުންދާ ކަމަށާ އެހެން ނަމަވެސް ހަނު ނުހުންނާނެ ކަމަށާ މައްސަލަ މިހާރު ކަމާބެހޭ އިދާރާ ތަކަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް މައްސަލަ ކުރިއަށްދާ ސްޕީޑް ލަސްކަން ފާހަގަކޮށް އޭނާ ވަނީ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައެވެ. 

މި މައްސަލައާއި ގުޅިގެން އިޖްތިމާޢި ތަރއްޤީއާ ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ސްޓާފެއްގެ ފަރާތުން ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން ނުވަތަ ސްޓާފަކު ކުޑަ ކުއްޖަކަށް އިހުމާލެއްވާކަން މިނިސްޓްރީއަށް ފާހަގަކުރެވޭ ހާލަތުގައި މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގެ ދަށުން އެ މައްސަލަ ބަލައި، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރަމުން ގެންދާނެކަމަށެވެ.

އަދި މަނަދޫގެ އެ މައްސަލަ މިނިސްޓްރީން ބަލަމުންދާ ކަމަށްވެސް ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންތަކެއް އެމްއެންޔޫއަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު އޮތް އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ޚާއްޞަ ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު ރާއްޖެ އަތުވެއްޖެއެވެ.
26 Aug 2026
އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
އުރީދޫ މަސް ރޭސް 2026 މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެއެވެ. 16 ޓީމު ވާދަކުރާ މި މުބާރާތުގައި ޖުމްލަ 43000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވެއެވެ.
26 Aug 2026
އެލާމާ ނުލައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކު ހޭލާނީ ކިހިނެއް؟
ހެނދުނު ހޭލުމަށްޓަކައި އެލާމް ގަޑީގެ ބާރު އަޑަށް ބަރޯސާވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަމަވެސް، ނިދުމާ ގުޅޭ ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީފިނަމަ، އެއްވެސް އެލާމަކާ ނުލައި ގުދުރަތީ ގޮތުން ހެނދުނު ތާޒާކަމާއެކު ހޭލެވިދާނެ ކަމަށް ސައިންސްވެރިންނާއި ނިދީގެ ތަޖުރިބާކާރުން ބުނެއެވެ.
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.