އެޗްއާރުސީއެމް.. ފޮޓޯ: މޯލްޑިވްސް ޖާނަލް
ހަބަރު
06 May 2025 | 13:32
އެޗްއާރުސީއެމްގެ ދެ މުއައްޒަފެއް، މާސްޓާސް ހެދުމަށް ދިން ފައިސާ ނުދައްކާތާ އެތައް އަހަރެއް!

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ދެ މުއައްޒަފެއް, މާސްޓާސް ހެދުމަށް ކޮމިޝަނުން ހަރަދުކުރި ފައިސާ ނުލިބޭތާ އެތައް އަހަރެއް ވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް މިއަދު ނެރުއްވާފައިވާ އެޗްއާރުސީއެމްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެ ކޮމިޝަނުގެ ދެ މުއައްޒަފަކު 2013 އަދި 2014 ވަނަ އަހަރު "މާސްޓާސް އިން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން" ކޯހަށް ކޮމިޝަނުން ކޮށްފައިވާ ހަރަދުގެ ތެރެއިން އެއްވެސް ފައިސާއެއް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބިފައި ނުވާކަމަށެވެ. އެޗްއާރުސީއެމުން ވަނީ އެ ދެ މުއައްޒަފުގެ ކިޔެވުމަށް 612,958 ރުފިޔާ ހޭދަކޮށްފައެވެ.

މިގޮތުން އެއް މުއައްޒަފަކަށް 2013 ވަނަ އަހަރު ހަރަދު ކޮށްފައިވާ ހަރަދުން ލިބެންޖެހޭ 430,073 ފައިސާ ހޯދުމަށް ސިވިލްކޯޓުގައި 2023 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 8 ވަނަ ދުވަހު މައްސަލަ ރަޖިސްޓްރީކުރެވުނު ނަމަވެސް އަދި މިހާތަނަށް މައްސަލަ ކުރިއަށްގޮސްފައި ނުވާކަމަށެވެ. އަދި 2014 ވަނަ އަހަރު އެހެން މުއައްޒަފަކު ކޯސް ހެދުމަށް ހޭދަވި ހަރަދު އަނބުރާ ހޯދުމަށް ކޯޓަށް މައްސަލަ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ކޯޓަށް ހުށަހެޅިނަމަވެސް، އެ މައްސަލަވެސް އަދި ނިމިފައިނުވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް ވަނީ އެ ފައިސާ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޗްއާރުސީއެމަށް އަންގާފައެވެ.

އެޗްއާރުސީއެމްގެ 2023 ވަނަ އަހަރު ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވިދާޅުވެފައިވަނީ ކޮމިޝަނުން ހޭދަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވައިދުގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.