އޮތެންޓިކް މޯލްޑިވްސްގައި ވިއްކަންހުރި ދިވެހި އުފެއްދުންތަކެއް... ފޮޓޯ: ވޮއިސް
ވިޔަފާރި
06 May 2025 | 15:38
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާ ކިއޯސްކްތަކާއި ސްޓޯލްތަކުގެ އަގުހެޔޮކޮށްފި

މިމަހު ބާއްވަން ނިންމާފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާ ކިއޯސްކްތަކާއި ސްޓޯލްތަކުގެ އަގުހެޔޮކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން މައުރަޒު އިންތިޒާމުކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ،  މައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. 

މާކެޓް ޕްލޭސްގައި، ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް 20 ކިއޮސްކު ޚާއްޞަ ކޮށްފައިވާއިރު ބާކީ ކިއޮސްކުތައް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ކުރިން ހަމަޖެހިފައި އުސޫލަށް ބަލާއިރު މިއިން ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒް ކުރިއަށްދާ ކޮންމެ ދުވަހަކަށް 1،111 ރުފިޔާއެވެ. ނަމަވެސް މި ކިއޮސްކުތައް ވިއްކާ އަގަށް މިހާރު ގެނައި ބަދަލާއެކު ގޭގައި އަމިއްލައަށް މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކުމަށް ހަމަޖެހިފައިވަނީ، މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -444 ރުފިޔާއެވެ. އަދި އެނޫން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކަނީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް 666 ރުފިޔާއަށްކަމަށް ބީސީސީން ބުނެއެވެ. މީގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް 3000 ރުފިޔާއާއި 4000 ރުފިޔާއާ ދެމެދުގެ ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.

ބީސީސީން ބުނީ ގޭގައި ތަކެތި އުފައްދާ އުމުރުން 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ކިއޮސްކުތަކަށް އެދެވޭނެ ކަމަށެވެ. މިކަމަށް އެދެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކަށް އެކަންޏެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެ ވިޔަފާރިތަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ބީސީސީން ބުނެއެވެ.

ސަރުކާރުން ވަނީ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު، މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.  އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބީސީސީން ވަނީ، އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ. 

ބީސީސީން ބުނީ މިއަހަރު ބާއްވާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދާނީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެބޮޑު މައުރަޒުކަމަށެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މިއަހަރު މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިއަހަރުގެ މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި މެއިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.