ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް: ފޮޓޯ/ އޭއެފްޕީ
ދުނިޔެ
07 May 2025 | 09:42
އިންޑިޔާގެ ”ފިނޑި“ ޢަމަލަށް ރައްދު ދޭނަން: ޕާކިސްތާން ބޮޑުވަޒީރު

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާއަކީ ފިނޑި އަދި ޣައްދާރު ޢަމަލެއްކަމަށް ބުނެ، މި ހަމަލާއަށް ރައްދުދެއްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން އިންޑިއާއިން ޕާކިސްތާނުގެ ކޮންޓްރޯލްގައިވާ ކަޝްމީރުގެ ސަރަޙައްދުތަކަށް ރޭ ދިން މިސައިލް ހަމަލާތަކެއްގައި މަދުވެގެން 8 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. 

އެ ހަމަލާއާ ގުޅިގެން ޕާކިސްތާނު ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހަމަލާއަށް ރައްދު ދިނުމުގެ ހައްގު ޕާކިސްތާނަށް ލިބިގެންވާ ކަމަށާއި، މިހާރުވެސް ޖަވާބުދާރީވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި މުޅި ގައުމު ސިފައިންނާއެކު ވަރުގަދައަށް ތިބިކަމަށާއި، އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ރައްޔިތުންނާއި ސިފައިން މިފަދަ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށް ތައްޔާރަށް ތިބިކަމަށެވެ. އަދި ދުޝްމަނުންނަށް އެމީހުންގެ ނުބައި މަގުސަދު ހާސިލުކުރުމުގެ ފުރުސަތެއް ނުދޭއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) ގެ ޑައިރެކްޓަރ ޖެނެރަލް ލެފްޓިނަންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދުރީ ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލާގައި މަދުވެގެން 8 މީހުން މަރުވެފައިވާ ކަމަށާއި، 35 މީހުން ޒަޚަމްވެފައިވާފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ 6 ސަރަހައްދަކަށް ޖުމްލަ 24 ހަމަލާ ދީފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ބޮޑު ހަމަލާ ދީފައިވަނީ ޕަންޖާބު ސޫބާގެ ބަހަވަލްޕޫރު ސިޓީ ކައިރީގައިވާ އަހްމަދުޕޫރު ޝަރުގިއާ އަށް ކަމަށާއި، މިތަނުގައި ހުރި މިސްކިތަކަށް ހަމަލާދީ 5 މީހުން މަރުވެފައިވާ ކަމަށް ޗައުދުރީ ވިދާޅުވިއެވެ. މީގެ ތެރޭގައި 3 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުރީދްކޭ ސިޓީ، ސިޔާލްކޯޓް ސިޓީ ކައިރީގައިވާ ރަށެއް، އަދި ޝަކަރްގަރު އަށްވެސް ހަމަލާދީފައިވާ ކަމަށް ޗައުދުރީ ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ މުޒައްފަރާބާދު އަދި ކޯޓްލީ އަށްވެސް ހަމަލާދީ، 2 މިސްކިތް ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ. މި ހަމަލާގައި 16 އަހަރުގެ އަންހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެން ކުއްޖެއް މަރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ވިދާޅުވެފައިވަނީ އިންޑިއާއިން ހަމަލާދިން ހުރިހާ ތަނަކީވެސް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކެއް ކަމަށާއި، ހަތިޔާރު ގްރޫޕްތަކުގެ އެއްވެސް ތަނަކަށް ހަމަލާ ދީފައި ނުވާކަމަށެވެ. އަދި އިންޑިއާއިން ބުނާ ގޮތަށް "ޓެރަރިސްޓުންގެ ކޭމްޕްތަކަކަށް" ހަމަލާދިން ކަމުގެ ދަޢުވާއަކީ ދޮގު ވާހަކައެއް ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

މިދިޔަ މަހު އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހިނގި އަނިޔާވެރި ހާދިސާއެއްގައި 26 މީހުން މަރުވުމާ ގުޅިގެން އިންޑިއާއިން ވަނީ އެކަމުގެ ޒިންމާ ޕާކިސްތާނުގެ މައްޗަށް އަޅުވާފައެވެ. އަދި އެކަމަށް ޖަވާބުދާރީވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެ ހާދިސާއާ އެ ގައުމުގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ރާވަމުންދާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް