ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު -- ފޮޓޯ: މަޖިލީސް
ހަބަރު
07 May 2025 | 21:56
ހުޅުދޫމީދޫގެ ރައްޔިތުން އެއާޕޯޓެއް ބޭނުންވޭ، އެއީ ނުވާވަރުގެ ކަމެއް ނޫން: ޝާހިދު

އެންމެ ދެކުނުގެ އައްޑޫ ސިޓީ ހުޅުމީދު ރައްޔިތުން ވެސް އެ ރަށުގައި އެއާޕޯޓަށް އަޅަން ބޭނުންވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގައި މިއަދު ބަހުސް ކުރެވުނު މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ ހުޅުދޫމީދު އަކީ ވަކިން މުޅީން އެކަހެރިކޮށް އޮތް ދެ ރަށް ކަމަށެވެ.

އެހެން ކަމުން އެ ރަށުގެ ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރު ކުރާ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި ހުޅުދޫމީދޫ އާއި ގަމާއި ފޭދޫ އަދި ހިތަދޫއާ ދެމެދު ހުޅުމީދޫގެ ވަރަށް ގިނަ ރައްޔިތުން ކޮންމެ ދުވަހަކުވެސް ދަތުރު ކުރެ އެވެ.

ކަނޑުމަގުން ކުރާ އެ ދަތުރުތަކަށް މޫސުމުގެ ސަަބަބުން ވަރަށް ބޮޑަށް ހުރަސްއެޅި ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ތަކުލީފުތަކަށް ނިމުން ގެނައުމަށް ހުޅުމީދޫއަށް އެއާޕޯޓަށް ބޭނުންވާ ކަމަށެވެ. ޝާހިދު ވިދާޅުވީ އެކަމަށް ވަކާލާތު ކުރަން ޖެހޭ ކަމަށާ އުންމީދަކީ އެކަން ސަރުކާރުން ކޮށް ދިނުން ކަަމަށެވެ.

ހުޅުމީދު ރައްޔިތުން ވެސް އެ ރަށުގައި އެއާޕޯޓަށް އަޅަން ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވިިއިރު ހިތަދު އާއި ހުޅުމީދުއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެފުޅެކެވެ.

ކޮމެންޓް
ހުސެނު
އައްޑޫ އެއްމެ ބޮޑުރަށަކީ ހިތަދޫ އެރަށުމީހުންވެސް އެބަބޭނުންވޭ ދެކޮޅު ދެއަވަށު 2އެއާރޕޯޓު އަޅަން. މިކަމަށްވެސް ޝާޑުގެ އެހީތެރިކަން ބޭނުން.
08 May 2025
ކަތީބު
ހުޅުދޫ އެޱާއްވީކޮންމެ ދެމަފިރިޔަކާ ބުރިޖައް
08 May 2025
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.