ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން އުފެއްދި އިންކުއަރީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 May 2025 | 12:42
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އަދާހަމަ ހާމަކުރާ ޚާއްސަ ޕޯޓަލް ހުޅުވާލައިފި

އޭޕްރިލްމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ހައްވާ ޔުމްނު ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ އާއި ގުޅޭ ފަހުގެ އަދާހަމަ ފޯރުކޮށްދީ، މައްސަލައާއި ގުޅުންހުރި ސުވާލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ހާއްސަ ޕޯޓަލެއް ޤާއިމްކޮށް ޢާއްމުންނަށް ހުޅުވާލައިފިއެވެ.

މި ޕޯޓަލެއް ފަރުމާކޮށް ނިންމައި، ހުޅުވާލާފައިވަނީ މިއަދުއެވެ.

މިކަން ހާމަކޮށް އިންކުއަރީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް އެ ކޮމިޝަނާ ޙިއްސާކުރަން ބޭނުންވާ ނަމަ ނުވަތަ އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުން ނަމަ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

ޕޯޓަލްގެ ލިންކު: https://inquirycommission.gov.mv/

ޔުމްނު ވެއްޓުނު މައްސަލަ އާއި ގުޅިގެން އުފެއްދި ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ޑރ. މުނައްވަރު ވަނީ، އެ ޕޯޓަލް ޤާއިމް ކުރަނީ މައްސަލައާއި ގުޅޭ މައުލޫމާތު އާއްމުންނަށް ފަސޭހަ ކަމާއެކު ހިއްސާ ކުރުމުގެ ފުރުސަތު ފަހި ކޮށްދެއްވުމަށް ކަމަށް ވިދާޅުވެފައެވެ. 

”އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެވޭނެ. ސުވާލުވެސް ކުރެވޭނެ. އަދި ސުވާލު ކުރެވުނީމަ، އޭގައި ހުންނަ އާއްމު ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބު ދެމުން، އަދި، އިންޑިވިޖުއަލް ބޭފުޅުން ކުރާ ސުވާލު ތަކަށްވެސް ޖަވާބު ދެމުން، އަޅުގަނޑުމެން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ގެންދާނީ.“ މުނައްވަރު ވިދާޅުވިއެވެ. 

ކަންމިހެން ހުރި ނަމަވެސް، އެ މައްސަލާގައި، ޖިނާޢީ ކުށެއް ކުރެވުނު ކަމުގެ ތުހުމަތާއި ގުޅޭ ތަހުގީގެއް ކަމަށް ވާތީ، އެ ތަހުގީގު ފުރިހަމަވުމުން ހާމަކުރެވޭނެ ބައެއް ކަންކަންވެސް ހުންނާނެ ކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

އެނޫން އެހެން ހުރިހާ މަސައްކަތަކާއި ގުޅޭ މައުލޫމާތުތައް ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.