ހައްވާ ޔުމްނު-
ހަބަރު
09 May 2025 | 15:32
ޔުމްނުއާ ސުވާަލު ކުރުމުގެ ފުރުޞަތެއް ނުލިބޭ؛ ލިބުނުހާ އަވަހަށް ކުރަން ބޭނުން: ފުލުހުން

2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލަ އާއި އޭނާގެ ބަހެއް ހޯދުމަށް ސުވާލު ކުރުމުގެ ފުރުޞަތު އަދި މިހާތަނަށް ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޔުމްނު ފުރާޅު މައްޗަަށް ވެއްޓި އަނިޔާވެގެން އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިޔާގައެވެ. އޭނާގެ ޙާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނައިރު، ޢާއިލާއިން މައުލޫމާތު ދޭ ގޮތުން މިހާރު އޭނާ އޮތީ ހޭ އަރާފައެވެ. 

އަދި އޭނާގެ ޢާއިލާއިން ރޭ ބުނެފައިވާ ގޮތުން ޔުމްނު މިހާރު ވާހަކަވެސް ދައްކައެވެ. އެހެން ނަމަވެސް މައްސަލައިގެ ތަހުގީގަށް ޔުމްނުގެ ބަހެއް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. 

އެކަމާއި ގުޅިގެން މިއަދު ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބޭ ކަމަށާ އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާ، އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.