Advertisement

އަސަރެއް ނުކުރޭތަ! ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި، 290،000 ކުދީން ހައިހޫނު ކަމުގައި

ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި -- ފޮޓޯ: އައިއޭސީ

މިއަދަކީ ބައިނަލްއަގްވާމީ ކުޑަކުދީންގެ ދުވަހެވެ. ކޮންމެ މުޖްތަމައެއްގައި ވެސް އެންްމެ ހާއްސަ ދަރަޖައެއް ދެވިފައިވަނީ ކުޑަކުދީންނަށެވެ. އެއީ މުޖްތަމައުގެ އުފާވެރިކަން އިތުރުކޮށް ދިނުމުގެ މައިގަނޑު ވަސީލަތެވެ. އާއިލާތަކުގެ ހަމަޖެހުމާއި އުފާވެރިކަމާއި ގުޅިފައިވަނީ ކުޑަކުދީންނެވެ.

ކޮންމެ ނުރައްކަލަކުން އެ ކުދީން ސަލާމަތް ކުރުމަށް މުޅި މުޖްތަމައު އެކުއެކީ ތެދުވެ އެވެ. އެ ކުދީންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދެ އެވެ. ކުޑަވެސް ގޯނާއެއް ކުރުމުގެ ފުރުސަތެއް ނުދެ އެވެ. އެ ކުދީން ހިތުގައި ޖެހޭނެ ފަދަ ކަމެއް ނުކުރެ އެވެ. އުފާވާނެ ހުރިހާ ކަމަކަށް ފުރުސަތު ފަހި ކުރެ އެވެ. އެކަމަށް ހުރިހާ ގޮތަކުން މަސައްކަތް ކުރެ އެވެ.

މައިންބަފައިންނެވެ. އާއިލާތަކެވެ. ވެރީންނެވެ. މަސްއޫލުވެރީންނެވެ. ޖުމްލަކޮށް މުޅި މުޖްތަމައު އެވެ. ކުއްޖަކަށް އަނިޔާވެރި ވެއްޖެ މީހަކާއި ދެކޮޅަށް އެންމެ ތެދުވެ އެވެ. އެ މީހަކު ބާކީކޮށްލަ އެވެ. ބަންދުކޮށް އަދަބު ދެ އެވެ. މި ހުރިހާ ކަމަކުން ބުނެދެނީ ކުޑަކުދީންގެ މުހިންމު ކަމެވެ. އެ ކުދީންނަށް ކޮންމެ މުޖްތަމައުއެއްގައި އޮންނަ ޚާއްސަ މަގާމެކެވެ. ގަދަރެވެ.

Advertisement

ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި -- ފޮޓޯ: އައިއޭސީ

މިއަދަކީ އެކަން އެންމެ ބޮޑަށް ސާބިތުކޮށްދޭ ދުވަހެވެ. ބައިނަލްއަގްވާމީ ކުޑަކުދީންގެ ދުވަހެވެ. އެ ދުވަސް ދިވެހި ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ދަނީ ފާހަގަ ކުރަމުންނެވެ. ވަރަށް ކުލަގަދަ ކޮށެވެ. އެ ކުދީން އެންމެ އުފާވާނެ ގޮތަށެވެ. ތަފާތު އެކި ހަރަކާތްތަކާއި ކުލަގަދަ ރަސްމިއްޔާތުތަކުންނެވެ.

ނަމަވެސް އެންމެ ސިކުންތު ކޮޅަކަށް ނަމަވެސް މަޑުޖެހި ހަމަހިމޭންވެ ވިސްނާލުން ކީއްހެއްޔެވެ. އެއީ މުޅި ދުނިޔެ މިއުފަލުގައި އޮތްއިރު އެ ހައްގުތަކުން މަހްރޫމްވެފައިވާ ކުދީންތަކެއް ތިބުމުންނެވެ. ޣައްޒާގެ ލޮބުވެތި ކުޑަކުދީންނެވެ.

ކުޑަކުދީންގެ ދުވަސް ބައްދަލުކުރިއިރު ޣައްޒާގެ އެތައް ހާސް ކުދިން ވަނީ ޝަހީދު ކޮށްލާފަ އެވެ. ހަމައެކަނި 2024 ވަނަ އަހަރުވެސް 13,000 ވުރެ ގިނަ ކުޑަކުދީން ވަނީ ޝަހީދު ކޮށްލާފަ އެވެ. އޭގެ ތެރެއިން 800 ވުރެ ގިނަ ކުދީންނަކީ އުމުރުން 12 މަސް ނުވާ ކުދީންނެވެ. 100އެއްހާ ކުދީންނަކީ މަހެއްހާ ދުވަސް ނުވާ ކުދީންނެވެ. ބައެއް ކުދީން ޝަހީދު ކޮށްލީ ހަޔާތުގެ ފުރަތަމަ ދުވަހު އެވެ. 

މި ދުނިޔެއަށް ނޭވާލަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި -- ފޮޓޯ: އައިއޭސީ

ބައެއް ކުދީން ޝަހީދުވެ ދިޔައީ ބާރުގަދަ ގޮވުންތަކުގަ އެވެ. މަތީންނާއި އެއްގަމުން ދިން ހަމަލާތަކުގަ އެވެ.

އެ ހަމަލާތަކުގައި މައުސޫމް ތުއްތު ތުއްތު ކިތަންމެ ކުއްޖަކު ކުދިކުދިވެ ފިސްފިސްވެފައިވެ އެވެ. އަތެއް, ބޮލެއް, ފައެއް ނެތެވެ. ބައެއް ކުދީން ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ފެންނަން ނެތް މިންވަރަށް ކުދިކުދިވެފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ވެސް އެތައް ސަތޭކަ ކުދީން ޝަހީދުކޮށްލާފައިވެ އެވެ. މީގެ ތެރެއިން ވަރަށް ގިނަ ކުދީންނަކީ އެ ކުދީންގެ އެންމެ ލޯބި އުމުރާގައި އަޅުގަނޑުމެންނާއި ވަކިވެފައިވާ ކުދީންނެވެ. ބައެެއް ކުދީން އުމުރުން ތިން ހަތަރު އަހަރު ގަ އެވެ. ބައެއް ކުދީން ފަސް ހަ އަހަރުގަ އެވެ. އަނެއް ބައި ކުދީން އުމުރުން އަށެއްކަ އަހަރުގަ އެވެ.

އެ ކުދީން ހިނގާން ފަށާ މަޖާ ވާހަކަތައް ދައްކަން ފެށި އުމުރުގަ އެވެ.

ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި -- ފޮޓޯ: އައިއޭސީ

އެހެން ކަމުން މިއަދު އެ ކުދީންގެ ހަނދާނަށް ފެންނަން ހުރީ ފޮޓޯތަކުގައި މިވާ ކުޅޭ ތަކެއްޗެވެ. ބައެއް ކުދީން ޝަހީދުވީ ނުހަނުން ލޯބިން އެ ކުޅޭ ތަކެއްޗާއެކު ވަގުތު ހޭދަ ކުރަމުން ދަނިކޮށެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި މި ކުޅޭތަކެއްޗަށް ލޯބިން ބޮސްދެމުން ދަނިކޮށެވެ.

އެ ކުދީންގެ މައިންބަފައިންނާއި އާއިލާތަކަށް އަސަރެއް ނުކުރާނެ ހެއްޔެވެ. ނަމަވެސް ހިިތްވަަރުކޮށް މާތްރަސްކަލާންގެއަށް ޝުކުރުވެރިވާ ހާލު އެ ކުދީންގެ މައިންބަފައިން މިއަދު އެ ކުދީންގެ ހަނދާން އައު ކުރަނީ މި ކުޅޭ ތަކެތީންނެވެ. ވީވަރަކުން ދޮވެ ސާފުކޮށް ފުނފުޑުވެފައިވާ އިމާރާތްތަކުގައި ހުރި ވާތަކާއި ރޯނުތަކުގައި އެ ތަކެތި ބަހައްޓާފައި އެ ވަނީ އެ މީހުންގެ ދަރީންގެ ހަނދާނުގަ އެވެ.

ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި -- ފޮޓޯ: އައިއޭސީ

ދެން އޮތީ ދުނިޔޭގައި ތިބި ކުދީންގެ ވާހަކަ އެވެ. ޣައްޒާ އޮތީ އަޅުގަނޑުމެންނަށް ތަސައްވުރު ވެސް ނުކުރެވޭހާ ދެރަ ހާލަތެއް ގަ އެވެ. ހިތްދަތި ހާލަތެއްގަ އެވެ. ނުރައްކާތެރި ހާލަތެއްގަ އެވެ.

ވަށައިގެންވާ ހުރިހާ އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ. މުޅި ޝަހަރު އޮތީ ގާކުޑިތަކުން ފުރިފަ އެވެ. ބޯހިޔާ ކޮށްލާނެ ގޮތެއް ނެތެވެ. ކާނެއް އެއްޗެއް ނެތެވެ. ބޭހެއް ނެތެވެ. ބޯނެ, ތާހިރުވާނެ ފެނެއް ނެތެވެ. ކަރަންޓެއް ނެތެވެ.

އެ ހާލަތުގައި މުޅި ދުވަހު ޣައްޒާގެ ކުދީން އިންތިޒާރު ކުރަނީ އެހީގެ ޓީމަކުން ކާތަކެތި ބަހާނެ ވަގުތަަކަށެވެ. ލިބުނު ތަށި, ތެއްޔެއް ހިފައިގެން ހެނދުނުން ފެށިގެން މަގުތަކުގައި ކިއު ޖެހިގެން ތިބެނީ ކުޑަކުދީންނެވެ. ބައެއް ކުދީން ގަދަ ހޫނުގައި ފިހި ހާލު ދެރަވެގެން ވެއްޓެވެ. އަނެއް ބައި ކުދީން ބަނޑުހައިވެ ހާންތިވެގެން ގޮސް މަރުވެ އެވެ.

އެހީގެ ޓީމެއް ފެނުމުން ހުރިހާ ކުދީން އުފަލުން ދުވެގަނެ އެވެ. ٱلْحَمْدُ لِلَّٰهِ އޭ ގޮވަމުންނެވެ. ހުރިހާ ހަމްދެއް ޝުކުރެއް ވަނީ މަތިވެރި މާތްﷲ އަށޭ ބުނަމުންނެވެ.

ޣައްޒާގެ ކުދީންތަކެއް ކާތަކެެއްތި ހޯދަން ކިއުތަކުގައި ތިބެ އާދޭސް ކުރަނީ -- ފޮޓޯ: އަލްޖަޒީރާ

ކޮން ފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ. އަސަރެއް ނުކުރޭ ހެއްޔެވެ.

ދެން ތިބީ މި މަގުތަކަށް ވެސް ނިކުމެވޭ ހާލަތުގައި ތިބި ކުދީންނެވެ. އެއީ ކާނެ އެއްޗެއް ނުލިބި މަރާއި ހަނގުރާމަ ކުރަމުންދާ ކުދީންނެވެ. އެއީ ވެސް އެކި އުމުރުގެ ކުދީންނެވެ.

ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުން 290,000 ކުދީން ތިބީ ހައިހޫނު ކަމު އެވެ. ކާނެ އެއްޗެއް ނުލިބިއްޖެނަމަ އެ ކުދީން މަރުވާނެ އެވެ. މިހާރުވެސް 3,500 ވުރެ ގިނަ ކުދީން ތިބީ މަރުގެ ތުންފަތް މަތީގަ އެވެ. ކާ އެއްޗެއް ނުލިބި ގިނަ ދުވަސްވުމުން އެ ކުދީންގެ ހަށިގަނޑު ވަނީ ކަށިގަނޑަކަށް ބަދަލުވެފަ އެވެ.

ތުއްތު ތުއްތު ރީތި ރީތި އެ ކުދީންގެ ބުރުސޫރަ ގެއްލި ދެ ލޯ ވަނީ ވަޅުވަދެފަ އެވެ. ކޯކަށިގަނޑު ވަޅުވަދެ ކޮޅަށް ހުރެވޭނެ ފަދަ ނުވެ އެވެ.

ޣައްޒާގެ ކުއްޖަކު ބަނޑުހައިހޫނުކަމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައި -- ފޮޓޯ: އަލްޖަޒީރާ

މި ހާލަތުގައި އެ ކުދީންނަށް ދޭނެ ނެތީ ހަމައެކަނި ކާނެ އެއްޗެއް ނޫނެވެ. ބޯނެ އެއްޗެއް ނެތްތާ ސިއްހީ ފަރުވާ ލިބޭނެ ގޮތެއް ވެސް ނެތެވެ. ދޭނެ ބޭހެއް ނެތެވެ.

އެެހެން ކަމުން ބައެއް ކުދީން ތިބީ ގަދަވާނެ ކަމުގެ އުންމީދު މުޅީން ގެއްލިފަ އެވެ. އެ ކުދީންގެ މައިންބަފައިންނަށް އޮތީ އެ ކުދީންގެ އެންމެ ފަހު ނޭވާއާ ހަމައަށް ބަލަހައްޓައިގެން ތިބުމެވެ. ދެ އަތުން ފިރުމާ ހޭހަން ކުރުމަކުން އެ ކުދީންނަށް މިއަދު ލިބޭނެ އުފަލެއް ހިތްހަމަޖެހުމެއް ނެތް ފަދަ އެވެ.

މިއީ ޣައްޒާގެ ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް ފެންނާނެ މަންޒަރުތަކެވެ. މިއިން ކޮންމެ މަންޒަރަކުން ހިތް ކުދިކުދިވެ އެވެ. ހުއްޓުމެއް, ހިފެހެއްޓުމެއް ނެތި ހޯސްލާފައި ލޮލުން ކަރުނަ އޮހޮރެ އެވެ. އަނގައިން ބަސް ހުސްވެ ހަރަކާތް ހުއްޓެ އެވެ.

ޣައްޒާގެ ކުއްޖަކު ބަނޑުހައިހޫނުކަމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައި -- ފޮޓޯ: އަލްޖަޒީރާ

އެކަމަކު މި މަންޒަރު މިއަދު ދުނިޔެއަށް ފެނޭ ހެއްޔެވެ. ކުޑަކުދީންގެ ހައްގުގައި އަޑުއުފުލާ ގައުމުތައް ކޮބައި ހެއްޔެވެ. ކުދީންގެ ހައްގުތައް ހޯދަން ވަކާލާތު ކުރާ ޖަމާއަތްތައް ގަދަ ނިދީގަ އޮތީ ކީއްވެ ހެއްޔެވެ. ކުޑަކުދީންނަށް ލޯތްބާއި އަޅާލުން ދޭން ޖެހޭ ކަމަށް މިފަދަ ކޮންމެ މުނާސަބަތެއްގައި ހަރުއަޑުން ގޮވަމުންދާ ވެރީން ކޮބައި ބާވަ އެވެ. 

ހަމަ ކޮންމެ ކުޑަކުއްޖަކީ ވެސް ފުރިހަމަ ހައްގުތައް ލިބިފައިވާ, ރަނގަޅު ކާނާއާ ފެން ލިބި ފުރިހަމަ ސިއްހަތެއްގައި, އަމާން ވެއްޓެއް ގައި, ރައްކާތެރި މާހައުލެއްގައި, ތައުލީމީ ލިބެން ޖެހޭނެ ކުއްޖެއް ކަމަށް ބުނެ މުޅި ދުނިޔޭގައި އިއްވާ ޝިއާރުތަކުން ޣައްޒާގެ ކުޑަކުދީން މަހްރޫމް ކުރަނީ ކޮން ގޮތަކުން ހެއްޔެވެ.

ދުނިޔެއާ މެދު އަޖައިބުވެ އަންތަރީސްވާހާ ވެ އެވެ. ގައުމުތަކުގެ ވެރީންނާއި މި ދުނިޔޭގައި ބާރުގަދަ ވެރީންގެ ގޮތެއް ނެތް ކަމާމެދު ހައިރާންވެ އެވެ.

ދުނިޔޭގެ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ޣައްޒާގެ މި ކުދީން މަތީން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެންމެ އެކީ އަތްތައް އުފުލާލާ ހެޔޮ ދުއާ ކުރަމާ ހެއްޔެވެ. އެ ކުދީންނަށް އުފާވެރި ދުވަސްތަކެއް ލިބޭތޯ އެވެ. އަމާން, ރައްކާތެރި ވެއްޓަކާއި ފުރިހަމަ ސިއްހަތެއްގައި ހެދި ބޮޑުވުމުގެ ހައްގު ހޯދުމަށް ވަކާލާތު ކުރަމާ ހެއްޔެވެ. އެ އަޑު ފަރުދީ ގޮތުންނާއި ޖަމައީ ގޮތުން އުފުލަމާ ހެއްޔެވެ. 

ބަޔަކަށް އަސަރު ނުކުރިޔަސް އަހަރެމެންނަށް އަސަރު ކުރެ އެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement

ގުޅޭ ލިޔުންތައް
10 May 2025
އޭޕްރިލްމަހު މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގަނެފި
10 May 2025
'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގްރާމުގެ ދަށުން 70 އަށްވުރެ ގިނަ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދީފި
10 May 2025
"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ހޯދައިދިނުމަކީ، ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރެއް: ޑރ. ޢާއިޝަތު ޝިހާމް
10 May 2025
މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވަން: ރައީސް ޑރ.މުއިއްޒު
10 May 2025
އަސަރެއް ނުކުރޭތަ! ޣައްޒާާގެ ކުދީންގެ ހަނދާނަކީ މި ކުޅޭތަކެތި، 290،000 ކުދީން ހައިހޫނު ކަމުގައި
10 May 2025
މައިންބަފައިން ކުދިންނާއެކު ހޭދަކުރާ ވަގުތުތަކަކީ، ކުދިންގެ ސަހުސިއްޔަތު ބިނާކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން: ވަޒީރު
10 May 2025
ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ: ރައީސް
10 May 2025
މިއަދު ހަވީރު ހިޔާ ޕާކުގައި އޮންނަ ކުޑަކުދިންގެ ހަވީރަށް "ރޮބޯމޭން"