އެމްޑީޕީ އިހްތިޖާޖުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
11 May 2025 | 15:01
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މައްސަލަ ބަލާތީ އެމްޑީޕީން އިހްތިޖާޖަށް ނުކުމެއްޖެ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީ ބައެއް މަޖިލިސް މެންބަރުންނާއި އާއްމުން މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ. 

ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އާއި މަހާޒު ޢަލީގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަމުންދާއިރު އެ ކޮމިޓީން ވަނީ އެމްޑީޕީގެ ހުށަހެޅުމާ ޚިލާފަށް ދެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރު ނުކޮށް މައްސަލަ ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. 

އަދި މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުން ވަކި ހިސާބަކުން ސިއްރު ކުރަންވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އެއާއެކު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ ދެ މެންބަރުން ކަމަށްވާ، އެމްޑީޕީ ޕީޖީ ލީޑަރ އިބްރާހީމް ނާޒިލް އަދި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ ބައްދަލުވުން ބޯއިކޮޓް ކުރައްވައި ނުކުންނަވާފައެވެ. 

އެއަށްފަހު އެމްޑީޕީ އާއްމު މެންބަރުންނާއެކު މަޖިލިސް ބައެއް މެންބަރުން މަޖިލިސް ކައިރީ މުޒާހަރާ ކުރަން ވަނީ ފަށާފައެވެ. 

އެކަމާއި ގުޅޭ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ނާޒިލް ވިދާޅުވީ، ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލިއިރުވެސް އެ ފަނޑިޔާރުންގެ ވަކީލުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އެކަމުގެ ޝަކުވާ ޖުޑިޝަރީ ކޮމިޓީގައި ކޮށްފައި ވަނިކޮށް، ކޮމިޓީންވެސް ފަޑިޔާރުންނަށް ޖަވާބުދާރީ ވުމަށް ފުރުސަތު ނުދޭން ނިންމި ކަމަށެވެ.

އަދި ޖޭއެސްސީން ކަންކުރި ގޮތާމެދު އެމްޑީޕީ މެންބަރުން ނުރުހުން ފާޅު ކުރެއްވުމުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮމިޓީގެ މުޤައްރިރު، ކޮމިޓީ ސިއްރުކުރައްވަން ނިންމަވައި، ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި ކޮމިޓީ މެންބަރުން ނޫން އެހެން މެންބަރުންވެސް ބޭރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެ މައްސަލަ އާއި ގުޅޭ ގޮތުން މިއަދު ކޮމިޓީ ބައްދަލުވުމުގައި ވާަހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އަޒަމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓްގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެއީ ފުލުހުންގެ ތަހުގީގުގައި އަދި ބަންދު މަޖިލީހުގައި ބުނެފައިވާ ގޮތް ނޫންކަމަށެވެ.

ނާޒިލް އެ ވާހަކަ ދައްކަވާތީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ލައިވްކޮށް ކުރިއަށްދާ ބައްދަލުވުމެއްގައި އެފަދަ ވާހަކަތަކެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވައިފަ އެވެ. 

އެއާއެކު ކޮމިޓީން ވަނީ ބައްދަލުވުން ސިއްރުކުރަން ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.