ވެމްކޯގެ ދެ މުވައްަޒިފަކު މަސައްކަތުގައި --
ހަބަރު
11 May 2025 | 19:50
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ވާހަކަ ދޮގުކޮށްފި

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށް ބުނާ ވާހަކަ އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

ވެމްކޯ އިން ބަޔާނެއް ނެރެ އެ ވާހަކަ ދޮގުކުރީ ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ 8 އަހަރުވެފައިވާ ކަމަށް ބުނެ ވާހަކަ ދެކެމުންދާތީ އެވެ. އެ ކުންފުނިން ބުނީ އެއީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށެވެ.

މިއަދާ ހަމައަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ މުވައްޒިފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އެ ކޯޕަރޭޝަނާއި ދެމެދު ވާހަކަ ދެކެވި ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު ހަރަދުތަކާއި މުވައްޒިފުންގެ މުސާރަ ހަމަޖައްސަނީ ލިބޭ އާމްދަނީން ކަމަށް ބުންޏެވެ. ނަމަވެސް ވެމްކޯ އަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭ ކަމަށާާ އެ ގޮތުން މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް މިހާރު ވެސް ދައްކަން ޖެހި ނުދައްކާވާ 66 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ވެމްކޯ އިން އިތުރަށް ބުނީ މިވަގުތު މުވައްޒިފުންގެ މުސާރައާ ޕެންޝަން ފައިސާގެ ކަންކަމާއި ގުޅިގެން ޕެެންޝަން އޮފީހާއި ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމަކުން ފައިސާ ދައްކާ ހަލާސްކުރެވޭނެ ގޮތަކަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެެވެ. އަދި ބުނީ އެއްވެސް މުވައްޒިފެއްގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުމަށް ރާވާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.