ވެމްކޯގެ މުއައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރިވަނީ... ފޮޓޯ: ވެމްކޯ
ހަބަރު
11 May 2025 | 21:28
ވެމްކޯގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލައިގެ ހަގީގަތަކީ ކޮބައި؟

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ ވާހަކަތަކެއް އާއްމުވުމާއެކު، އެ މައްސަލާގައި އެންމެފަހުން އެކުންފުނިން މިވަނީ ވާހަކަދައްކާފައެވެ. މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ވެމްކޯއިން ނެރެފައިވާ ބަޔާނަށް ބަލާއިރު، މައިގަނޑު ދެކަމެއް ފާހަގަކުރެވެއެވެ. 

އެއީ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން ނުދާ މައްސަލައަށް އެކުންފުނިން އެއްބަސްވުވުމާއި، ޕެންޝަން ފައިސާ ޖަމާކުރުމުގައި މައްސަލަތަކެއް އުޅޭކަމަށް އެއްބަސްވުމެވެ.

ވެމްކޯއިން ބުނީ ކީކޭ؟ 

ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ މައްސަލައާ ގުޅޭގޮތުން ވެމްކޯއިން އެންމެ ފުރަތަމަ ބުނެފައިވަނީ، ފައިސާ ޖަމާނުކޮށް 8 މަސްދުވަސް ވެފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މިއަދާ ހަމަޔަށްވެސް ފައިސާ ދައްކަމުން އަންނަކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. 

މައްސަލައެއް އެބައުޅޭ!

ވެމްކޯގެ ބަޔާނަށް ބަލާލުމުން އިތުރުކަމެއް ފާހަގަކުރެވުނެވެ. އެއީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ފައިސާ ނުދެއްކިގެން އެކަމުގައި ޕެންޝަން އޮފީހާ ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ބަޔާންކޮށްފައި އޮތުމެވެ. 

ވެމްކޯގެ މާލީ ހާލަތު

މި ބަޔާނުގައި ވެމްކޯގެ މާލީ ހާލަތާ ގުޅޭގޮތުން އެކުންފުނިން ދައްކާފައިވާ ވާހަކަ ވަރަށް ސާފެވެ. ވެމްކޯގެ މުއައްޒަފުންނަށް މުސާރަ ހަމަޖައްސަމުންދަނީ ލިބޭ އާމްދަނީގެ ތެރެއިންނެވެ. ވެމްކޯގެ ބަޔާނުގައި ވަނީ އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ދައްކަމުން ނުދާކަން ފާހަގަކޮށްފައެވެ. އެގޮތުން މާލެސިޓީ ކައުންސިލުން އެކަނިވެސް 66 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ޕެންޝަން ފައިސާ ނުދެއްކޭކަމަށް އެއްބަސްވުން

މި ބަޔާނުގައި ވެމްކޯއިން ވަނީ އެކުންފުނީގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ދައްކައި ހަލާސްކުރުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ބުނެފައެވެ. އެގޮތުން އެއްވެސް މުއައްޒަފެއްގެ ޕެންޝަން ފައިސާގެ ހައްޤަށް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ.

ޕެންޝަން އޮފީހުން ބުނަނީ ކީކޭ؟

ވެމްކޯ މުއައްޒަފުންގެ ޕެންޝަން މައްސަލާގައި ޕެންޝަން އޮފީހުން ވަނީ މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށްގެން އެކުންފުނީގެ ނަން "ޕެންޝަނަށް ފައިސާ ޖަމާކުރަމުން ނުދާ" ފަރާތްތަކުގެ ލިސްޓަށް އަރުވާފައެވެ. ޕެންޝަން ފައިސާ ނުދައްކައިގެން އެ ލިސްޓަށް ވެމްކޯގެ ނަން އަރުވާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުއެވެ. މިއަދާހަމަޔަށް އާއިރުވެސް މި ލިސްޓްގައި ވެމްކޯގެ ނަން އެބައޮތެވެ.

އާއްމުގޮތެއްގައި ޕެންޝަން ނުދައްކާ ފަރާތްތަކުގެ ލިސްޓަށް ނަން އެރުވުމުގައި ޕެންޝަން އޮފީހުން އުސޫލްތަކެއް ގެންގުލެއެވެ. މި އުސޫލްތަކުގެ ދަށުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން ނުދާ ފަރާތްތަކަށް ވަރަށްގިނަ މުހުލަތުތަކެއް ދޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕެންޝަނަށް ފައިސާ ނުދައްކައިގެން ނަން އާއްމުކުރަނީ، އެކަން ރަނގަޅުކުރަން ނޯޓިސް ދޭތާ 110 ދުވަހަށް ފަހުކަން ފާހަގަކޮށްލެވެއެވެ.

ޕެންޝަނަށް ފައިސާ ނުދައްކައިގެން މުހުލަތުދޭ ގޮތުގެ ތާވަލް

ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަނީ ވަޒީފާ ދޭފަރާތުން ނަގާ 7 އިންސައްތަ އާއި މުއައްޒަފުގެ އަސާސީ މުސާރައިގެ 7 އިންސައްތައެވެ. ޤާނޫނު މިހާރު އޮންނަގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ލިބެނީ އުމުރުން 65 އަހަރުވުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.