ރާއްޖޭގައި ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ

ކާސްތްރޯލްގެ އުފެއްދުމެއް.. ފޮޓޯ: އެމްޓީސީސީ

ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ ކަމަށާއި، ކަސްޓަމަރުންނަށް އޮޅޭފަދަ ގޮތަށް އެއްވެސް ފަރާތަކުން ކާސްޓްރޯލް އެތެރެކޮށް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.

ސޯލް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ކާސްޓްރޯލްގެ ބައެއް އުފެއްދުންތައް ވިއްކުމުގެ ހުއްދައޮތްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އެ ބްރޭންޑްގެ ބައެއް އެއްޗެހި ވިއްކަމުންނެވެ. މިކަމާ ގުޅޭގޮތުން އެމްޓީސީސީން ބުނީ ކާސްޓްރޯލް ސިންގަޕޫރު ކުންފުންޏާއި އެކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްޓީސީސީއަކީ ކާސްޓްރޯލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު ކަމަށެވެ. 

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް އޮޅޭފަދައިން ކާސްޓްރޯލް އެތެރެކޮށް ވިއްކާކަމުގެ ދޮގު މައުލޫމާތު އެއްވެސް ފަރާތަކުން ނުފެތުރުމަށް އެދޭކަމަށެވެ. އަދި މިފަދަ ކަންކަމަކީ ވިޔަފާރީގެ ރޫހާވެސް ހިލާފް ކަމެއް ކަމަށާއި، މިފަދަ އަމަލެއް ކުރިކަން އެކުންފުންޏަށް އެނގިއްޖެނަމަ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅައި އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެފަދަ ކުންފުންޏަކާ ދެކޮޅަށް އަޅާނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Advertisement

ކާސްޓްރޯލަކީ ވަރަށްގިނަ އޮޑިވެރިންގެ އިތުބާރު ލިބިފައިވާ އަޑީތެލެކެވެ. އެމްޓީސީސީން ކާސްޓްރޯލް ވިއްކާތާ ވަރަށްގިަނ އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement