ކާށިދޫގައި ކުރިއަށް ގެންދިޔަ އޭއެފްސީ ސީ ލައިސަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ކުޅިވަރު
12 May 2025 | 20:42
ކާށިދޫގައި ކުރިއަށް ގެންދިޔަ އޭއެފްސީ "ސީ" ލައިސަންސް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްޖީ ސްޕޯޓްސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ކުޅިވަރާއި ބެހޭ ވުޒާރާ، ކާށިދޫ ކައުންސިލް އަދި ޑަބްލިޔުޑީސީގެ އިތުރުން ނެޝަން އިސްޓިޓިއުޓް ގުޅިގެން ކ.ކާށިދޫގައި ކުރިއަށް ގެންދިޔަ އޭއެފްސީ "ސީ" ލައިސަންސް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެެވެ.

28 އެޕްރީލް 2025 އިން 9 މެއި 2025 ގެ ނިޔަލަށް ޖުމްލަ 30 ބައިވެރިންނާއެކު ކ.ކާށިދޫގައި ކުރިއަށް ގެންދިޔަ މިކޯސް 25 ބައިވެރިއަކު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި 19 ކޯޗުންނަކީ ކާށިދޫއަށް ނިސްބަތްވާ ކޯޗުނުންނެވެ. އަދި ކޯސް ފުރިހަމަކުރި އަނެއް ހަ ކޯޗުންނަކީ ރަށުން ބޭރުން ބައިވެރިވި ކޯޗުންނެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކާށިދޫ ދާއިރާގެ އިއްޒައްތެރި މެންބަރު މުންތަޒިމް އިބްރާހިމް އެވެ. އަދި މިރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާގެ އިތުރުން ޑިރެކްޓަރ ޖެނަރަލް އަލީ ޒަކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް ވިދާޅުވީ "ކާށިދޫގައި މިފަދަ ކޯހެއް އޮމާންކަމާއެކު ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ނިންމާލުމަކީ ވަރަށް އުފާކުރާކަމެއް.. އަދި އަޅުގަނޑު ދެކޭގޮތުގައި މިފަދަ މީހުން ބިނާކުރުމުގެ ކަންތައްތަކަށް އެންމެ ބޮޑު އިސްކަމެއްދޭންވީ"..

އިތުރަށް ވާހަކަފުޅުދައްކަވަމުން މުންތަޒިމް ވިދާޅުވީ ރަށުގެ ފައިދާއަށް މިނިސްޓްރީ އާއި ގުޅިގެން އެމްޖީ ސްޕޯޓްސް ކުލަބުން ދެއްކި ނަމޫނާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުއްވާ ކަމަށެވެ. އަދި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން މިފަދަކަންކަމަށް ދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްޖީ ސްޕޯޓްސް ކުލަބުގެ ރައީސް އަލީ ޒިދާން ފާހަގަކުރެެއްވީ " މިކުލަބު ވުޖޫދުވި ފަހުން މިވީ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކީ ކުޅިވަރާއި އަދި އެހެނިހެން ދާއިރާތަކުން ބިނާކުރުމުގެ މަސައްކަތެވެ. އަދި ރަށުގެ ކުޅިވަރު ކުޅިވަރާއި ގުޅުންހުރި ކަންކަން ތަރައްގީކޮށް ޒުވާނުންނަށް ކުޅިވަރުގެ އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކުލަބަށް ލިބޭ އުފަލެއް".. އަދި ކުލަބުގެ ފަރާތުން ހިންގާ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ރަށުގެ އެހެނިހެން ކުލަބު ޖަމްއިއްޔާތަކާއި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޒިދާން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން އެމްޖީ ސްޕޯޓްސް ކުލަބުގެ ފަރާތުން ވަނީ މިކޯސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމުގައި ކާށިދޫ ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޑައިމަންޑްރޫޓްގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮމެންޓް
މަ
ރަށުގެ ލާމަސީލު ކުލަބެއް ❤️
15 May 2025
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.