16 May 2019 | 13:50
ރައީސް ޔާމީން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް ހައިކޯޓުން ކުރި ހުކުމް، ޕީޖީގެ ފަރާާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުން ހައިކޯޓުން ނިމުމަކަށް ގެނައި މައްސަލައިގެ އިސްތިއުނާފް މިއަދު ކުރިއަށް ގެންދަން ތާވަލް ކޮށްފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ފާއިތުވި ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުގައި ބޭއްވިއެވެ.

 އެ އަޑުއެހުމުގައި އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރިއެވެ. އެހެން ނަމަވެސް ފަހުން ހައިކޯޓުން އެ އަމުރު ވަނީ ބާތިލްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Sep 2026
އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް އައިސީސީޑީއާއެކު މަޝްވަރާ ކޮށްފި
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޢިއްޒާ ބައްދަލުކުރައްވައި ޙަލާލް ފަތުރުވެރިކަމާއި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
02 Sep 2026
ޯއޮލިމްޕަސް ހެއްވާލަން ޑާކްރެއިން ތައްޔާރު؛ މަގޭ ބިޓްގެ ވެޑިން މިރޭ ޕްރިމިއާ ކުރަނީ
ޑާކްރެއިންގެ މާޒީން މިއީ މުނިފޫހިފިލުވާލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ
02 Sep 2026
އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރީ ޓްރެފިކް އެކްސިޑެންޓް
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.
02 Sep 2026
ބައިނަލްއަޤުވާމީ ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެއްޖެ
ޔެން އާއި ޔޫރޯ ހިމެނޭ ގޮތަށް ހަ ފައިސާގެ ބާވަތަކާ އަޅައި ބަލާ ޑޮލަރު އިންޑެކްސް 0.11 އިންސައްތަ އިތުރުވެ 99.79 ގައި ހުރީ ފައިތުވި ދެ ހަފްތާގައިވެސް ނުދާހާ މަތީގައެވެ. ޔޫރޯ 0.13 އިންސައްތަ ދަށަށް ގޮސް 1.1577 ޑޮލަރުގައި ހުރިއިރު ޑޮލަރުގެ އަގު މަތިވެފައިވަނީ ޓްރެޒަރީ ބޮންޑުގެ ފައިދާ ބޮޑުވެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އުފުލާނެ ކަމަށް ލަފާކުރެވޭތީއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: ބެލެވެނީ ޒީވާގެ ގައިމައްޗަށް ކާރު އެރިކަމަށް
މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެއީ މ. ލެމަންޓްރީ1، ޒީވާ ސިނާން އަހްމަދެވެ.
02 Sep 2026
ވޮރިއާޒް އާއި އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މަހިބަދޫ ކައުންސިލްގެ ވޮރިއާޒް އަދި ހޮސްޕިޓަލްގެ އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، މުބާރާތުގައި ރަނގަޅު ފެށުމެއް ދަމަހައްޓައިފިއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރުގެ ލައިސަންސް ކުރީންވެސް އޮތީ ހިފަހައްޓާފައި
02 Sep 2026
އެކްސިޑެންޓްގައި ދެބަަފައިންނަށް އަނިޔާ، ސިކުނޑިއަށް ލޭ އެޅި ބަައްޕަ އައިސީޔޫގަައި
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން އޯގަސްޓް 31 ވަނަ ދުވަހު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައި ކަމަަށް