އެސްޓީއޯ ހެޑް އޮފީސް
ވިޔަފާރި
18 May 2025 | 14:27
ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ އަގުތައް މައްޗަށް

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އެސްޓީއޯގެ ހިއްސާގެ މުއާމަލާތްތަކުގެ އަގުތައް ވަރަށްބޮޑަށް އުފުލިއްޖެއެވެ.

އެމްއެސްއީގެ ޑެއިލީ ޓްރޭޑިންގ ބޯޑަށް ބަލާއިރު، މިއަހަރު ފެށުނުނީއްސުރެ އެސްޓީއޯގެ ހިއްސާގެ އަގުތައް ވަނީ ވަރަށްބޮޑަށް އުފުލިފައެވެ. މިގޮތުން މިއަދު ސްޓޮކް އެކްސްޗޭންޖްގެ ބޯޑަށް ބަލާއިރު، ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ހިއްސާގެ އަގު އެންމެ މަތީގައި އުޅެނީ އެސްޓީއޯކަން ފާހަގަކޮށްލެވެއެވެ.

އެސްޓީއޯގެ ހިއްސާ ވިއްކުމަށް އެންމެ މަތީއަގެއްގެ ގޮތުގައި 2،090 ރުފިޔާ ހުށަހަޅާފައިވާއިރު، އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 1،895 ރުފިޔާއެވެ. އެސްޓީއޯގެ ހިއްސާ ގަތުމަށް އެންމެ މަތީ އަގަކަށް 1،820.07 ރުފިޔާ ހުށަހަޅާފައިވާއިރު ގަތުމަށް އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، 1،820.06 ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި 101 ހިއްސާ ގަނެވިއްކުމުގެ މުއާމަލާތް ކުރިއިރު، އެ މުއާމަލާތްތަކުގެ އަގު 142،225.5 ރުފިޔާއަށް އަރައެވެ. ސެކަންޑްރީ މާކެޓްގައި އެސްޓީއޯގެ ހިއްސާގެ އަގު އުފުލެން ފަށާފައިމިވަނީ މާލީގޮތުން އެކުންފުނި ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހާފައެވެ. މިދިޔަ އަހަރުވެސް އެސްޓީއޯއިން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި އެ އަދަދު ބަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.