މާފަރު އެއާޕޯޓަށް މިއަދު ޖެއްސި ބޯޓު.. ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
ވިޔަފާރި
20 May 2025 | 22:21
މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ބޯޓެއް ޖައްސައިފި

ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ބޯޓެއް މިއަދު ޖައްސައިފިއެވެ.

މާފަރު އެއާޕޯޓަށް ޖައްސާފައިވަނީ އެމިރޭޓްސް އެއާލައިނުގެ ބޯޓެކެވެ. އެމިރޭޓްސްގެ މި ވައިޑްބޮޑީ އެއާކްރާފުޓް މާފަރަށް ޖައްސާފައިވަނީ, އެފަދަ ބޮޑެތި މަތިންދާބޯޓު ޖެއްްސޭނެ ފެންވަރު ހުރިތޯ ޔަގީންކުރުމަށް ކުރިއަށްގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ތެރެއިންނެވެ. އެގޮތުން ބެލި ކަންކަމުގެ ތެރޭގައި ހިމެނެނީ:

- ބޯޓު ޖެއްސުމާއި ފުރުމުގައި ރަންވޭގެ ފެންވަރު ވަޒަންކުރުން

- ދަތުރުވެރިންނަށް ހިދުމަތްދިނުމާއި، ތެއޮ އެޅުމުގެ އިތުރުން ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތައް ހެދުން

- ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހެދުން

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަސް ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ކުރިއަށްގެންގޮސްފައެވެ. މާފަރު އެއާޕޯޓް ރަންވޭ އިތުރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން ވަނީ، 650 މީޓަރު އިތުރުކުރެވި، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކޮށްފައެވެ. އެއީ ބޮއިން 777 މަރުކާގެ ބޯޓު ޖެއްސުމަށް ބޭނުންވާ މިންގަނޑެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ. މާފަރު އެއާޕޯޓަށް މިދިޔަ އަހަރުވެސް ވަނީ ރެކޯޑް އަދަދަކަށް ޖެޓް ޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.