އިސްރާއީލްގެ ބޮޑުވަޒީރު، ބެންޔަމިން ނަތަންޔާހޫ.. ފޮޓޯ: އިސްރާއީލް ޓައިމްސް
ދުނިޔެ
21 May 2025 | 21:13
ޕްރެޝަރު ބޮޑުވެ، ނަތަންޔާހޫ މިރޭ ނޫސްވެރިންނާ ބައްދަލުކުރަނީ

އިސްރާއީލް ސިފައިން ޢައްޒާގައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލާގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޕްރެސަރު ބޮޑުވެފައިވަނިކޮށް ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ، މިރޭ ނޫސްވެރިންނާ ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެކަމަށް އިސްރާއީލްގެ މީޑިއާއިން ބުނެފިއެވެ.

އިސްރާއީލް ޓައިމްސްއިން ބުނެފައިވަނީ ބޮޑުވަޒީރު، ނަތަންޔާހޫ ނޫސްވެރިންނާއެކު ބާއްވާ ކުއްލި ބައްދަލުވުމެއް މިރޭ އިސްރާއީލް ގަޑިން 20:00 އޮންނާނެ ކަމަށެވެ. މިއީ މިދިޔަ ޑިސެމްބަރުމަހަށްފަހު ނަތަންޔާހޫ ނޫސްވެރިންނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ޢައްޒާ މައްސަލާގައި ބައިނަލްއަޤްވާމީ ފަރާތްތަކުން އަންނަނީ އިސްރާއީލަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޕްރެެސަރު މިފަހުން އިތުރުވެފައިވަނީ، ޢައްޒާއަށް ކާބޯތަކެތި ވައްދަން އިސްރާއީލުން ދަތިކުރުމާއި، ބޭރުގެ މިޝަންތަކުގެ މީހުންނަށް އިސްރާއީލް ސިފައިން ހަމަލާތައް ދޭތީއެވެ. އިސްރާއީލުގެ މި އަމަލުތަކާ ގުޅިގެން އެޤައުމާ ގާތް ގުޅުން އޮންނަ ބައެއް ޤައުމުތަކުން ވަނީ ވިޔަފާރީގެ ގުޅުންތައް ކަނޑާލަން ޖެހިދާނެކަމަށް ބުނެ އިންޒާރުދީފައެވެ. މިގޮތުން ކެޓަލޫނިއާއިން ވަނީ އިއްޔެ، ތެލް އަވީވްގައި ހުންނަ ވިޔަފާރީގެ އޮފީސް ބަންދުކޮށްފައެވެ. 

މީގެ ހަފްތާއެއްހާ ދުވަސްކުރިން ނަތަންޠާހޫ ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ފުރިހަމަ ބާރާއެކު ހަމާސް ބަލިކޮށް ޢައްޒާގެ ކޮންޓްރޯލް އިސްރާއީލްގެ ބާރުގެދަށަށް ގެންނާނޭކަމުގެ އިންޒާރު ދެއްވާފައެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ނަތަންޔާނޫ މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޢައްޒާ އާ ގުޅޭގޮތުން އިސްރާއީލުން ދެން ގެންގުޅޭނެ ސިޔާސަތުތައް ހާމަވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.