އެމްޓީޑީސީ ބޯޑު
ވިޔަފާރި
24 May 2025 | 09:25
ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީއަށް 3.4 މިލިއަން ރުފިޔާގެ ފައިދާއެއް

ނިމިގެންދިޔަ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑިސީ) އަށް ސާފްފައިދާގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނިން ނެރެފައިވާ ފުރަތަމަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ވަނީ 1.3 މިލިއަން ޑޮލަރު ނުވަތަ 20 މިލިއަން ރުފިޔާ ލިބިފައެވެ. މި ކުއާޓަރުގައި ޖުމްލަ ހަރަދުގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ހޭދަވިއިރު، ވިޔަފާރި ހިންގައިގެން މި މުއްދަތުގެ ތެރޭގައި ވަނީ 4.7 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ.

ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން އެމްޓީޑީސީގެ ފައިދާއަކީ، 3.9 މިލިއަން ރުފިޔާއެވެ. ނަމަވެސް ޓެކްސްއަށް ކަނޑުމަށްފަހު، ފުރަތަމަ ކުއާޓަރުގައި ސާފްފައިދާގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ، 3.4 މިލިއަން ރުފިޔާއެވެ.

އެމްޓީޑީސީގެ ވިޔަފާރީގެ އޮޕަރޭޝަންތަކަށް ބަލާއިރު، އެކުންފުނިން ހދ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ ނާގޯށި ރިސޯޓް އަދިވެސް އޮތީ ހުއްޓިފައެވެ. ނަމަވެސް ހުޅުމާލޭގައި ތަރައްޤީކުރަމުންގެންދާ އެމްޓީޑީސީގެ ހެޑްއޮފީހުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

އެމްޓީޑީސީން ފުރަތަމަ ކުއާޓަރުގެ ރިޕޯޓްނެރެފައިމިވަނީ ޕަބްލިކް ކުންފުނިތަކުން، ނުވަތަ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުން ރިޕޯޓް ނެރުމަށް ދީފައިވާ މުހުލަތު ފަހަނައަޅައި ދިޔަފަހުންނެވެ. ލިސްޓްކޮށްފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓަރެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ ކުއާތަރެއްގެ މާލީބަޔާން އާއްމުކުރަން ޖެހެއެވެ. އެމްޓީޑީސީ މީގެ ކުރިން ފާހަގަކުރެވެނީ މާލީބަޔާންތައް އެންމެފަހުން އާއްމުކުރާ ކުންފުނީގެ ގޮތުގައެވެ. މާލީބަޔާން ހުށަހެޅުން ލަސްވެގެން ސީއެމްޑީއޭއިން މިހާތަނަށް އެންމެގިނައިން އިންޒާރުދިން ކުންފުނިތަކުގެ ތެރޭގައި އެމްޓީޑީސީއަކީ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. 

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. ނަމަވެސް އަދި މިހާހިސާބަށް އާއިރުވެސް އެމްޓީޑީސީ އުފެއްދި ހަގީގީ މަޤްސަދު ހާސިލްވަމުން ނުދާކަމަށް އެކުންފުނީގެ ހިއްސާދާރުން ފާހަގަކުރެއެވެ. 

ކޮމެންޓް
ބަޗީ
ބައެއް ސަރުކާރުތަކުގައި އެމްޓީޑީސީގެ ވެރިންނަށް ކޮރަޕްޓަރުން ތިބެގެން ކޮން ފައިދާއެއް ދެއްކޭނީ؟ ޚިޔާނާތާ ބީރައްޓެހި އިޚްލާސްތެރި ބަޔަކު ތިބެގެން ނޫނީ ފައިދާއެއް ހޯދޭނޭ ގޮތެއް އޮންނާނެތޯ؟
24 May 2025
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.