ޢައްޒާގެ ސްކޫލަކަށް ހަމަލާދީފައި.. ފޮޓޯ: މިޑުލް އީސްޓް މޮނީޓަރ
ދުނިޔެ
26 May 2025 | 19:00
އިސްރާއީލުގެ ނުރައްކާތެރި ހަމަލާއެއް ޢައްޒާއަށް. މިފަހަރުވެސް ސުކޫލަކަށް

އިސްރާއީލް ސިފައިން އަނެއްކާވެސް ޢައްޒާސިޓީގެ ސުކޫލަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

ބޮމުގެ ހަމަލާ އަމާޒުކުރި މި ސުކޫލަކީ ޤައްޒާގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދިޔަ ސުކޫލެކެވެ. ޔަހޫދީ ސިފައިން ޢައްޒާއަށް ދެމުންދާ ހަމަލާތައް ފަލަސްތީނުގެ އާއްމު ރައްޔިތުންގެ ގެދޮރަށް އަމާޒުކުރަމުންދިއުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ހިމާޔަތް ހޯދުމުގެ ގޮތުން އުޅެމުން އަންނަނީ ސްކޫލްތަކުގައެވެ. 

މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެފަހުން ސްކޫލަށް ދިން މި ހަމަލާގައި 36 މީހުންވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 18 ކުޑަކުދިންވެސް ހިމެނެއެވެ. މިފަހަރު މި ދިން ހަމަލާއާ ގުޅޭގޮތުން ޔަހޫދީ ސިފައިން އަދި ވަކިއެއްޗެކޭ ނުބުނެއެވެ. ޔަހޫދީ ސިފައިން ވަނީ މީގެ 2 ދުވަސް ކުރިންވެސް ސްކޫލަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެެވެ.

އިސްރާއީލުން ބުނާގޮތުގައި ސްކޫލްތަކަށް ހަމަލާތައް ދެނީ ހަނގުރާމަވެރިން ފިލުމަށް އެތަންތަން ބޭނުންކުރާތީއެވެ. ނަމަވެސް އެކަން އިސްރާއީލް ސިފައިންނަށް މިހާތަނަށްވެސް އޮތީ ޔަގީންކޮށް ނުދެވިއެވެ.

މި ހަމަލާއަށްފަހު ޢައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 53,939 މީހުން ޝަހީދުކޮށްލައި، 122,797 މީހުން ޒަހަމް ކޮށްލާފައިވާކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާގޮތުގައި މިއަދަދު 61,700 އަށް ވުރެ މަތިވާނެއެވެ. ސަބަބަކީ ބިމާ ހަމަވެފައިވާ އިމާރަތްތަކުގެ ދަށުގައިވެސް އެތަކެއް ބަޔަކު ތާށިވެފައިވާތީއާއި އަދި އެއިމާރަތްތަކުގެ ދަށުގައި ތާށިވެފައިތިބި ގިނަމީހުން ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތުމުންނެވެ.

ޢައްޒާގައި މިހާރު އިންސާނީ ކާރިސާއެއްގެ ހާލަތު ކުރިމަތިވެފައިވާކަމަށް އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ބުނެފައެވެ. ޢައްޒާގެ ހާލަތު އިތުރަށް ގޯސްވީ، އިސްރާއީލުން ޢައްޒާއަށް ކާބޯތަކެއްޗާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ އާލާތްތައް ވެއްދުމަށް ހުަރަސްއެޅުމުންނެވެ. އެހީގެ ޓްރަކްތައް އައްޒާއަށް ވަނުމަށް ކިއު ހަދާލާފައި އޮތްނަމަވެސް އިސްރާއީލް ސިފައިންގެ ހުއްދަ ދީގެން ނޫނީ ޓްރަކްތަކަކަށް ޢައްޒާ ތެރެއަށް ނުވަދެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް