މިފަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ފުރަންގޮސްހުރި ހައްޖާޖެއް... ފޮޓޯ: ވޮއިސް
ރިޕޯޓް
26 May 2025 | 16:01
ދިވެހި ހައްޖުވެރިންނަށް ލުއިވެގެންދިޔަ ތަކްލީފް: ސީދާ ހޮޓަލަށް

ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަން ކިއުގައި ގިނަ ވަގުތު މަޑުކުރަންޖެހޭ ޖެހުމަކީ ހައްޖުގެ އަޅުކަމަށް ކުރާ ދަތުރުގައި މިހާތަނަށް ދިވެހި ހައްޖާޖީން ކުރަމުން އައި ތަޖުރިބާއެކެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ މީހުންގެ ތެރޭގައި، އެންމެ ގިނައީ މެދު އުމުރުން މަތީ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މީގެ އިތުރުން އެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންވެސް މީގެ ތެރޭގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ހައްޖަށް ދާއިރު ޖިއްދާ އެއާޕޯޓް އިމިގްރޭޝަން ކިއުގައި ގިނަވަގުތު މަޑުކުރަން ޖެހުމަކީ ހާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނާއި، ބައެއްކަހަލަ ބަލިތައް ތަހައްމަލުކުރަުންދާ މީހުންނަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ. އާއްމު ހާލަތުގައިވެސް 5 ވަރަކަށް ގަޑިއިރު މަތިންދާބޯޓުގައި ހޭދަކޮށް ގިނައިރުތަކެއްވަންދެން އިމިގްރޭޝަން ކިއު އާއި ލަގޭޖަށް މަޑުކުރަންޖެހުމަކީ ތަކްލީފެކެވެ.

ރާއްޖެއިން މިފަހަރު ހައްޖަށްދާ މީހުނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހިރާއްޖެ މައްކާ ރޫޓުގައި ހިމެނުމެވެ. މިއަދު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވިކަން ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. މައްކާރޫޓް މިއަދު އިފްތިތާހްވެގެން ދިއުމާއެކު ދިވެހި ހައްޖުވެރިންގެ ލަގެޖްތައް ހޯދުމަށް އެއާޕޯޓްގައި މަޑުކުރަން ނުޖެހި ލަގެޖްތައް ލިބޭނީ ހައްޖާޖީން ތިބޭ ހޮޓަލުންނެވެ.

މައްކާރޫޓް އިނީޝިއޭޓިވް އަކީ ހައްޖުވެރިންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މައްކާ އިނީޝިއޭޓިވްގައި ހިމެނޭ ސައުދީ އޮފިޝަލުން ވީއައިއޭގައި... ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހް ކުރެއްވުމަށްފަހު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ވަރަށް ތާރީހީ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ހައްޖާޖީން ސައުދީއަށްކުރާ ދަތުރުތަކަށް އިންގިލާބީ ބަދަލެއް އަންނާނޭ ކަމަށެވެ. މިއީ ސައުދީއާ ރާއްޖެއާ ދެމެދު އޮތް އަހުވަންތަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

އާއްމު ގޮތެއްގައި ސައުދީން މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތްދެނީ ހައްޖައްދާ މީހުންގެ އަދަދު 20،000 ހާހަށް އަރާނަމައެވެ. ނަމަވެސް ރާއްޖެއަށް މި ފުރުސަތު ސައުދީން ދީފައިވަނީ ހާއްސަ ހަދިޔާއެއްގެ ގޮތުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މިފަހަރު ރާއްޖެއިން 1،000 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާނޭކަމަށެވެ. މައްކާ އިނީޝިއޭޓިވްގެ އިތުރުންވެސް ސަރުކާރުން މިފަހަރު ވަނީ ދިވެހި ހައްޖާޖީނަށް ލުއިފަސޭހަ ވާނޭހެން ކަންކަން އިންތިޒާމުކޮށްފައެވެ. މީގެ ތެރޭގައި މިނާގައި ތިބޭ ފޭލިގޭގެ ފެންވަރު ރަނގަޅުކުރުމާއި، ދިވެހިންނަށް ހާއްސަ ކްލިނިކެއް ޤާއިމްކުރުން ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.