ފަލަސްތީނުގެ ޢައްޒާ އަދުގެ ހާލަތު... ފޮޓޯ: ހިއުަން ރައިޓްސް ވޮޗް
ދުނިޔެ
27 May 2025 | 16:10
ހަމަލާތައް ހުއްޓާލަން މިފަހަރުވެސް އިސްރާއީލުން އެއްބަހެއް ނުވި

އިސްރާއީލުން ޢައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން ކަންތައްތަކެއް ހުށަހެޅުމުންވެސް އިސްރާއީލް ސިފައިން އެކަމަށް ދެކޮޅުހަދައިފިއެވެ

އަލްޖަޒީރާއިން ބުނީ ހަމާސްއިން ވަނީ އެއްބަސްވާ ވަކި އުސޫލްތަކެއްގެ މަތިން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އެގޮތުން ހަމާސްއިން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލަށް ނިސްބަތްވާ ރަހީނުން ދޫކޮށްލުމަށް އެއްބަސްވެފައެވެ. އަލްޖަޒީރާއާ ވާހަކަދައްކަވަމުން ފަލަސްތީނުގެ އޮފިޝަލުން ވަނީ، ހަމާސްއިން އިޒްރޭލަށް ނިސްބަތްވާ 10 ރަހީނުން މިނިވަން ކުރުމުގެ އިތުރަށް 70 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ހަމާސްއިން ވަނި އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ އިސްރާއީލުން އެއްބަސްވެފައެއް ނުވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުން ގޮވާލަމުންދިޔަނަމަވެސް، އިސްރާއީލްގެ ސަރުކާރުން ފާޅުގައި ބުނަމުން ގެންދަނީ ހަމަލާތައް ހުއްޓައި ނުލާނޭކަމަށެވެ. 

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އެންމެފަހުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ހަމާސްއަށް އޮތް ފުރުސަތަކީ އަމާން ދިނުމަށްފަހު ޢައްޒާއިން ފޭބުންކަމަށެވެ. 

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޢައްޒާއަށް ދެމުްނގެންދާ ހަމަލާތަކަށް އަހަރަކާއި ހަމަސް ވެގެންދާއިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 54،000 ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް