އެއްވަނަ ލިބެންޖެހޭކަމަށް ތުޅާދޫ ކައުންސިލުން ވަކާލާތުކުރާ އުފެއްދުން... ފޮޓޯ: ވޮއިސް
ހަބަރު
27 May 2025 | 22:05
ލިޔެލާޖެހުމާއި ލާފެންކުރުމުގެ ބައިން ވަނަހޮވުމުގައި އިންސާފެއްނެތް: ތުޅާދޫ ކައުންސިލް

ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިކުރި ދިވެހި އުފެއްދުންތަކުގެ ތެރެއިން "ލިޔެލާޖެހުމާއި ލާފެންކުރުމުގެ" ބައިން ވަނަ ހޮވުމުގައި ފަނޑިޔާރުން އިންސާފުން އެއްކިބާވެފައިވާކަމަށް މި މައުރަޒުގައި އެންމެ ގިނައިން ތަކެތި ބައިވެރިކުރި ބ.ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަތީޖާ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު، "ލިޔެލާޖެހުމާއި ލާފެންކުރުމުގެ" ބައިން އެއްވަނަ ހޯދާފައިވަނީ، ލ.ފޮނަދޫއަށް ނިސްބަތްވާ ޖަމއިްޔާއެއްކަމަށްވާ ވިމެން އެންހޭސްމެންޓް ޖަމިއްޔާއިން ބައިވެރިކުރި ލިޔެލާޖެހި ވާސް ނުވަތަ ޓުކުރި ނަމަކަށް ކިޔާ އުފެއްދުމެކެވެ. އެބައިން ދެވަނަ ލިބުނީ ތުޅާދޫއިން ބައިވެރިކުރި މީހެއްގެ އިސްކޮޅަށްވުރެ ދިގު ވާސް އަށެވެ.

އެތަކެއްޗަށް ވަނަދިން ގޮތުން ތުޅާދޫ އާއި ފޮނަދޫއަށް ނިސްބަތްވާ ބައެއް ފަރާތްތަކާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައެވެ. 

މިކަމާ ގުޅޭގޮތުން ތުޅާދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ލަކުޑީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ "ލިޔެލާޖެހުމާއި ލާފެންކުރުމުގެ" ބައިން ވަނަ ދިންގޮތް ގަބޫލު ނުކުރާހާލު، ނުހަނު ކަންބޮޑުވާ ކަމަށެވެ. ވަނަ ދިންގޮތް ސާފްކުރުމަށް ކައުންސިލުން އޮޅޫންފިލުވުމަށް ކުރި މަސައްކަތުން މިއަދާ ހަމަޔަށްވެސް އެދެވޭ ޖަވާބެއް ލިބިފައިވާކަން ފާހަގަކުރަމުން ތުޅާދޫ ކައުންސިލުން ބުނެފައިވަނީ، ލިޔެލާޖެހުމަކީ، ތުޅާދޫއަށް ހާއްސަ ތުޅާދޫގެ ފަހުރެއްކަމަށެވެ.

ތުޅާދޫ ކައުންސިލުން ބުނީ އެރަށުގެ ހުނަރުވެރި ފަންނުވެރިން ތައްޔާރުކުރި އުފެއްދުންތައް ހުއްޓައި ކަމުގެ އާޖުފާޖު ނުވެސް ދަންނަ ބަޔަކު ހަދާފައިވާ އެއްޗަކަށް އެ ގިންތިން އެއްވަނަ ލިބުން ވެގެންދިޔައީ މުޅި ގައުމުވެސް ސިހިގެންދިޔަ ކަމެއް ކަމަށެވެ. ތުޅާދޫ ކައުންސިލުން ވަނީ މައުރަޒަށް އިންސާފްކުރުމަށް އެކުލަވާލެވުނު ފަނޑިޔާރުންގެ ކޮމިޓީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ދެކޭކަމަށް ތުހުމަތުކޮށްފައެވެ.

ލ.ފޮނަދޫ ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާއިން ބައިވެރިކުރި ތަކެތި. މެދުގައި އެއްވަނައަށް ދިޔަ އުފެއްދުން... ފޮޓޯ: ވޮއިސް

މިފަދަ މައުރަޒެއްގެ ފަނޑިޔާރުންގެ ބެންވުގައި މިކަމުގެ ވައްޓަފާޅިއާއި އާޖުފާޖު ދަންނަ ހުނަރުވެރި ފަންނުވެރިން ހިމަނަން ޖެހޭނޭކަމަށާއި އެހެންނޫނީ މިފަދަ ކަވި ބުރަ މަސައްކަތަކަށް އިންސާފްވެރިކަމާއެކު މާކްސް ދޭން އެނގޭނެކަމަށް ގަބޫލު ނުކުރާކަމަށްވެސް ތުޅާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ލ.ފޮނަދޫ ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާއިންވެސް ވަނީ ވާހަކަދައްކާފައެވެ. އެޖަމިއްޔާގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވަނީ، ފޮނަދޫގައި ވީ ކްރިއޭޓިވް ޓްރެއިނިން ސެންޓަރުގެ ނަމުގައި ތަނެއް ރަޖިސްޓްރީކޮށް ގިނަ އަދަދެއްގެ ބަޔަކު އެ ދާއިރާއިން ތަމްރީނުކުރެވިފައިވާކަމަށެވެ. އެގޮތުން މައުރަޒުން އެއްވަނަ ލިބުނު އެ އުފެއްދުމަކީ ސީދާ އެރަށުގެ އުފެއްދުމެއްކަން އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.