އެމްޓީޑީސީން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ނާގޯށި
ހަބަރު
29 May 2025 | 22:01
އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ފިނި މޫސުމަށް ހދ.ނާގޯށި ނިންމަން: ނިޔާޒް

އެމްޓީޑީސީގެ އަމާޒަކީ އަންނަ އަހަރުގެ ފިނި މޫސުމަށް ހދ.ނާގޯށީގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުމަށްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީން މިރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ 2024 އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، އުއްމީދަނީ އަންނަ އަހަރުގެ ފަހުކޮޅު ނާގޯށީގެ އޮޕަރޭޝަންތައް ފެށުންކަމަށެވެ. ނާގޯށި ތަރައްޤީ ކުރުމުގެ ޕްލޭނާ ގުޅޭގޮތުން ނިޔާޒް ވިދާޅުވީ، ހުއްޓިފައިވާ ނާގޯށީގެ މަސައްކަތް ކުރިއަށްއޮތް ޖޫން ނުވަތަ ޖުލައިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ނިޔާޒް ވިދާޅުވީ މިހާރު ކުރިއަށްދަނީ ނާގޯށި ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ނާގޯށި ތަރައްޤީކުރުމަށް ފައިނޭންސް ހަމަޖެހުނުހާ އަވަހަކަށް ކޮންޓްރަކްޓަރާ މަސައްކަތް ހަވާލުކުރެވިގެންދާނޭކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނާގޯށީގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީޑީސީން ކުރިއަށްއޮތް ތަނުގައި ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވިގެންދާއިރު 183 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާއެވެ.

ނިޔާޒް ވިދާޅުވީ ނާގޯށީގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ހަރަދުވާނޭކަމަށެވެ. މިހާރު ކޮށްފައިހުރި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވަނީ 15 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

އެމްޓީޑީސީން ނާގޯށި ތަރައްޤީ ކުރަމުން އަންނަތާ 15 އަހަރު ވެފައިވާއިރު، ނާގޯއްޓަކީ ސަރުކާރުން އެމްޓީޑީސީއަށް އެންމެ ފުރަތަމަ ރިސޯޓް ތަރައްޤީކުރުމަށް ދިން ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް މީގެކުރިން ރަޝިއާ އަދި ދުބާއީގެ ކުންފުންޏަކާވެސް ހަވާލުކޮށްގެން ކުރިއަށްގެންދިޔައެވެ. ނަމަވެސް ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެރަށުގެ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެއެވެ.

އެމްޓީޑިސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ރައީސް މައުމޫންގެ ވެރިކަމުގައި 2006 ވަނަ އަހަރު ވުޖޫދަށް ގެނައި ކުންފުންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.